ދިވެހިރާއްޖެ
"ބިލްޑިންގ އިންސްޕެކްޓަރސް ތަމްރީނު ކުރުމުގެ ޕްރޮގްރާމް" އަކީ މި މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، ދިވެހިރާއްޖޭގެ އިމާރާތް ކުރުމާއި ބެހޭ ޤާނޫނަށް ޢަމަލު ކުރަން ފަށާއިރު، އެޤާނޫނުގައި ބަޔާން ކުރާ ކަންކަން ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި ގުޅޭގޮތުން ހިންގޭ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ޢިމާރާތް ކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ 3 ފަންތިއެއްގެ ފަރާތްތައް ތަމްރީމުކުރުމަށްޓަކައި ބޭނުންކުރާނެ ކޯސް މޮޑިއުލްތަކެއް، މިމިނިސްޓްރީއާއި މޯލްޑިވްސް ޕޮލިޓެކްނިކް އިން ކަނޑައަޅާ ގޮތެއްގެ މަތީން އެކުލަވާލަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބީލަން ހުށަހަޅުއްވާނީ 10 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައި ބަޔާން ކޮށްފައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ 10 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓަރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް “www.housing.gov.mv” އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓަރީ ޑިވަލޮޕްމަންޓް ޑިޕާރޓްމަންޓް
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ
މާފަންނު، އަމީނީމަގު، މާލެ، ދިވެހިރާއްޖެ
3004300