ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
| 
 މަޤާމްގެ ނަންބަރު:  | 
 233540  | 
| 
 ބޭނުންވާ އަދަދު:  | 
 1  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް:  | 
 ޖީ. އެސް 3  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 1  | 
| 
 ސެކްޝަން:  | 
 ކޯޕަރޭޓް އެފެއަރޒް  | 
| 
 މަޤާމް އޮތް އޮފީސް:  | 
 ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ  | 
| 
 މުސާރަ:  | 
 -/4465 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 -/1500 ރުފިޔާ  | 
| 
 އިތުރު ޢިނާޔަތްތައް:  | 
 1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް. 2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.  | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1- ކައުންސިލްގެ ޖަލްސާ،ކުއްލި ބައްދަލުވުން، މަސްވަރާ ބައްދަލު ވުންތަކުގެ ޔައުމިއްޔާ އެއްޖަލްސާއިން އަނެއް ޖަލްސާއަށް ލިޔެ ޖަލްސާ ބޭއްވުމުގެ 01 ގަޑި ކުރިން ސްޕަވައިޒަރާ ޙަވާލުކުރުން 2- ކައުންސިލްގެ ޖަލްސާގެ އެޖެންޑާ ނޯޓް ކުރާފޮތުގައިވާ ގޮތަށް ސްޕަވައިޒަރ އަންގަވާ ގޮތެއްގެ މަތީން ލިޔެ ޙަވާލު ކުރުން: 3- ކައުންސިލްގެ ޖަލްސާތަކުގެ ސެކެރެޓޭރިއޭޓް ބެލެހެއްޓުމަށް އަންގަވައިފި ހިދެއްގާ ބެލެހެއްޓުން: 4- ކައުންސިލްގެ ޖަލްސާއިން ފާސްކުރާ ޔައުމިއްޔާ،ގަރާރު،ކުއްލި ބައްދަލު ވުންތަކާއި، މަސްވަރާ ބައްދަލު ވު ންތަކުގެ ޔައުމިއްޔާ ޤާވާޢިދުން ފޮނުވަންޖެހޭ މުއައްސަސާ ތަކަށް ފޮނުވާ، ހާމަކުރަންޖެހޭ ލިޔުންތަށް ހާމަ ކުރުން: 5- ސިޓީ، މެސެޖް، އިޢުލާނު، ވިހާމަރުވާ، ފޮތްތަށް އަޕްޑޭޓް ކޮށް ބެލެހެއްޓުން 6- އުފަންދުވަހުގެ ސެޓްފިކެޓް ހައްދައި ދިނުމާއި، ގޭގޭގެ މީހުންގެ ރަޖިސްޓްރީ އަޕްޑޭޓް ކުރުން 7- އައި.ޑީ.ކާރޑު. ހެއްދުމާބެހޭ ފޯމްދޫކުރުމާއި ބަލައިގަތުމާއި، ކާރޑު ހަދާދިނުމާއި، ރެކޯޑް ބެލެހެއްޓުމާއި ފައިލް ކުރުން 8- ކައުންސިލްގެ އިދާރާގެ އިންވެންޓްރީ އަށް ލިބޭތަކެތި ފޮތަށް އެރުވުމާއި، އުނިކޮށް ބެލެހެއްޓުން: 9- ތަރައްޤީގެ އެކިއެކި މަސްރޫޢުތަކަށް ލިބޭ ތަކެތީގެ ރެކޯޑް ބެލެހެއްޓުން: 10- ސްޓޮކަށް ތަކެތި ހޯދުމާއި، ދޫކުރުމާއި، ބެލެހެއްޓުން: 11- ކައުންސިލްއިދާރާގެ އިންވެންޓްރީ އަށް ލިބޭއެންމެހާތަކެޗާއި،ތަންތަން ފޮތަށް އެރުވުމާއި، އުނިކޮށް ބެލެހެއްޓުން: ތަފާތުހިސާބާބެހޭ މަސައްކަތް ކުރުން:12 13- ރަށު ކައުންސިލްގެ އިދާރާގެ މުވައްޒަފުން ޕެންޝަންސްކީމްގައި ބަވެރިކޮށް އެކަމާބެހޭ މަޢުމާތު މުވައްޒަ ފުންނަށް އޮޅުންފިލުވާދީ އިދާރާއިން ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުން: 14- އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރި ވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެ ރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތަށްތައް ކުރުން: 15- އެއްގަމު ލައިސެންގެ އެންމެހާ ކަންކަން ކުރުން 16 – ޕާފޯމަސް އިންޑެކުސް އަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި ހެކި އެއްކުރުން .  | 
| 
 މަޤާމުގެ ޝަރުޠުތައް:  | 
 1- އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ހިޔުމަން ރިސޯސް މެނޭޖުމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ހިޔުމަން ރިސޯސް މެނޭޖުމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން، ނުވަތަ 1- ސާނަވީއިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
  | 
| 
 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 
  | 
 1- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގާއިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމެތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރައިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ. 8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 ވަޒީފާއަށް އެދޭ ފޯމް ހައްދުންމަތީ ކުނަހަންދޫ ކައުންސިލް އިދާރާ އިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ އަށެވެ.  | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:  | 
 މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަވިއު ބާއްވާނެ ތަނާއި މުއްދަތު، ނުވަތަ ތާރީޚް ކަނޑައެޅި ހަމަޖެހުމުން މަދުވެގެން ރަސްމީ 2 ދުވަސް ކުރިން މިމަޤާމަށް އެދުނު ފަރާތްތަކަށް ލިޔުމަކުން އަންގާނެއެވެ.  | 
| 
 ޝޯޓް ލިސްޓްކުރުން:  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  | 
 މި މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމުލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.  | 
| 
 އިތުރު މަޢުލޫމާތު ހޯދުން:  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 9995970 ނަންބަރ އީ-މެއިލް ކުރާނީ [email protected] އަށެވެ.  | 
