ދިވެހިރާއްޖެ
އައްޑޫ ސިޓީއިން 01 އަހަރު ދުވަހުގެ މުއްދަތަށް 2 ގުދަން ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2017/167 (19 ޖުލައި 2017) އިޢުލާން އަށް ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީފައިވާ އިޢުލާންގެ އަންދާސީހިސާބު ހުށަހެޅުމުގެ މުއްދަތު 2017 ޖުލައި 27 އިން 2017 ޖުލައި 31 އަށް އިތުރުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖުލައި 31 ވާ ހޯމަ ދުވަހުގެ 12:30 އަށް މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް ހިތަދޫ ބްރާންޗަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 688-5753 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
26 ޝައްވާލް 1438 ހ.
20 ޖުލައި 2017މ.