ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ޕަބްލިކް ވަރކްސް ސަރވިސަސްގެ ނަންބަރު (IUL)447-PR/1/2017/ 43 އިޢުލާން އާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.
ރ.ރަސްމާދޫގައި އޮތް 250ގެ 01 އެކްސްކަވޭޓަރާއި ރ.ކިނޮޅަހުގައި އޮތް ބާޖު ކަފުޖަހައިގެން ކ.ތިލަފުއްޓަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
އަންދާސީ ހިސާބުގައި ހިމަނަންވީ ބައިތައް:
ހ- އަގު (އެސްޓިމޭޓް) ހުށަހަޅުއްވަން ވާނީ ހުރިހާ އައިޓަމަކަށެވެ.
ށ- އަގު ހުށަހަޅުއްވަންވާނީ ކޮންމެ އައިޓަމެއްގެ އަގު ވަކިން ޖުމްލަ އަގު އަދި ޖީ.އެސް.ޓީ އަގު ވަކިން އެނގޭ ގޮތަށެވެ.
ނ- ސަޕްލައިކޮށްދެވޭނެ މުއްދަތު (ބަންދު ދުވަސްތަކާއި އެކު).
ރ- ވޮރެންޓީ މުއްދަތު.
ހުށަހަޅަންވީ ތަކެތި:
ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ)
ށ- އަމިއްލަފާރާތެއްނަމަ އެފަރާތެއްގެ މަޢުލޫމާތު އެނގޭނެ ގޮތަށް ސީ.ވީ އާއި އައި.ޑީ ކާޑް ކޮޕީ.
ނ- މަސައްކަތުގައި ފާއިތުވެދިޔަ 05 އަހަރު ދުވަހު ލިބިފައިވާ ތަޖުރިބާ (މި ގޮތުން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2017 ގެ މި ދުވަހުން ފެށިގެން ފާއިތުވެ ދިޔަ 5 އަހަރު ތެރޭ ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތާއި ގުޅޭގޮތުން މަސައްކަތް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ.) މި ގޮތުން މާކްސް ދެވޭނީ ގިނަވެގެން 03 ލިޔުމަށެވެ.
އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނެގޮތް:
ހ-އަގު = 60 ޕޮއިންޓް
{(އެންމެ ކުޑަ އަގު) / (ހުށަހެޅިއަގު) × 60}
ށ- މުއްދަތު = 30 ޕޮއިންޓް
{(އެންމެ ކުރު މުއްދަތު) / (ހުށަހެޅި މުއްދަތު) × 30}
ނ- މަސައްކަތު ތަޖުރިބާ: 10 ޕޮއިންޓް
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 2.5
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 05
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 10
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕަބްލިކް ވަރކްސް ސަރވިސަސް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ބިޑު ހުޅުވުން:
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 01 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 12:00 ގައި ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި ތަކެއްޗާއި ބެހޭ މަޢުލޫމާތު ޝީޓް ރަސްމީ ގަޑީގައި މި ސަރވިސަސްގެ ރިސެޕްޝަންއިން ލިބިވަޑައިގަންނަވާނެއެވެ. އަދި މަތީގައި ބަޔާން ކުރެވިފައިވާ މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ.
ވީމާ، މި މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 12:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
24 ޝައްވާލް 1438
18 ޖުލައި 2017