މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
2017 ވަނަ އަހަރު ސްކޫލް އިސްވެރިޔާ ހުންނަވާނެ ތަނެއް ކުއްޔައްހިފުން

 

             މިމަދަރުސާގެ އިސްވެރިޔާ ހުންނެވުމަށް 03 ޖުލައި 2017 ގައި ކުރި އިޢުލާނާއިގުޅިގެން އެސްޓިމޭޓް ހުށަހަޅާފައިވާނީ 2 ފަރާތުންކަމަށްވާތީވެ، އަލުން އިޢުލާން ކުރަމެވެ.

             2017 ވަނަ އަހަރު މިމަދަރުސާގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަދަރުސާގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރިއާއި (އެޓޭޗް ފާޚާނާ)، ސިޓިންރޫމް އަދި ބަދިގެ ހިމެނޭގޮތަށް ކުއްޔަށް ހިފުމަށް ބޭނުންވާތީ މިކަމާއި ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 23 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިމަދަރުސާގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް  އެސްޓިމޭޓް ހުށައެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހެއް ފޮނުވާނަމަ ސިޓީއަކާއި، ބަދަލުގައި އަންނަ މީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީއަކާއި، އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

              މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 25 ޖުލައި 2017 ވާ އަންގާރަ ދުވަހު ހެނދުނު 11:00އަށް ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

*ނޯޓް:

  • ·        އިސްވެރިޔާ ހުންނެވުމަށް ކުއްޔަށްހިފާ ގެ/އެޕާޓްމަންޓައަކީ މީހުންދިރި ނޫޅޭ ތަނަކަށް ވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500535 އަށް ގުޅުއްވާ.

13 ޖުލައި 2017
ހޯދާ