ދިވެހިރާއްޖެ
GS44/IUL/2017/19 ނަންބަރު
| 
 އިޢުލާނު  | 
||
| 
 އެސިސްޓެންޓް ފޯމަން  | 
 މަޤާމް:  | 
|
| 
 J-280230  | 
 މަޤާމުގެ ނަންބަރު:  | 
|
| 
 01  | 
 ބޭނުންވާ އަދަދު:  | 
|
| 
 ދާއިމީ  | 
 މަޤާމުގެ ގިންތި:  | 
|
| 
 އެސް އެސް 2  | 
 މަޤާމުގެ ރޭންކް:  | 
|
| 
 ސަޕޯޓް ސްޓާފް ގްރޭޑް 2  | 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
|
| 
 އިދާރީ  | 
 ސެކްޝަން:  | 
|
| 
 ފުވައްމުލަކު ސްކޫލް  | 
 މަޤާމް އޮތް އޮފީސް:  | 
|
| 
 ފުވައްމުލަކު ސްކޫލް / ޏ.ފުވައްމުލައް  | 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
|
| 
 3470 ރުފިޔާ  | 
 މުސާރަ:  | 
|
| 
 1000 ރުފިޔާ  | 
 ސަރވިސް އެލެވަންސް:  | 
|
| 
 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 
  | 
 އިތުރު ޢިނާޔަތްތައް:  | 
|
| 
 ސާފުކުރުވުމަށް ހަވާލުކުރެވިފައިވާ ޢިމާރާތްތަކުގެ ތަޅުންގަޑާއި ޑެސްކާއި ގޮޑި އަދި މޭޒު ފަދަ ތަކެތި ދުވާލަކު މަދުވެގެން 1 ފަހަރު ރަގަޅަށް ފޮޅާ ސާފުކުރުވައި މޮޕް ޖެހުން. - ސާފުކުރުވުމަށް ހަވާލުކުރެވިފައިވާ ފާޚާނާތައް، ސާފުފަދަ ތަކެތި ބޭނުންކޮށްގެން ދުވާލަކުމަދުވެގެން 1 ފަހަރު ރަގަޅަށް ސާފުކުރުވުން - ގޯތި ތެރެއިން ކުނިނެގުމަށް ޚާއްސަކުރެވިފައިވާ ބައިން ދުވާލަކު މަދުވެގެން 1 ފަހަރު ކުނިނަގުވައި ރަގަޅަށް ސާފުކޮށް ބެލެހެއްޓުން - ސްކޫލްގައި ބާއްވާ ޖަލްސާތަކާއި ބައްދަލުވުންފަދަ ކަންތަކަށް ތައްޔާރުކުރުމުގެ ގޮތުން އެކަންތައް ހިންގާ ފަރާތްތަކުން އެދިއްޖެހިދެއްގައި ގޮޑި،ޑެސްކު ފަދަ ތަކެތި އެތުރުން ފަދަ ކަންތައް އެފަރާތަކުން އެދޭގޮތަށް ކަޑައަޅާ ވަގުތެއްގެ ތެރޭގައި ކުރުވުން - ސާފުކުރުވުމަށް ހަވާލުކުރެވިފައިވާ ޢިމާރާތްތަކުގެ ދޮރު، ކުޑަދޮރު ފަންކާފަދަ ތަކެތި މަދުވެގެން މަހަކު 2 ފަހަރު ރަގަޅަށް ސާފުކުރުވުން - ސްކޫލުގެ މަގާއި ގޯތިތެރެއިން ވިނަނޮޅާ ސާފުކުރުވުމަށް ޙަވާލުކޮށްފައިވާ ބައި ކުދިގަސް ފިލުވައި އަބަދުވެސް ސާފުކުރުވައި ބެލެހެއްޓުން. -ސްކޫލުގެ ފުރާޅު، ދިޔަދޮވި އަދި ފެންތާގީފަދަ ތަންތަން ސާފުކުރުވާ ބެލެހެއްޓުން - ސްކޫލުގެ މަސައްކަތު މީހުންލައްވާ ސްކޫލުން އަންގާގޮތެއްގެ މަތިން މަސައްކަތް ކުރުވުން. - ސްކޫލުގެ މަސައްކަތު މީހުންގެ މަސައްކަތް ސްޕަވައިޒްކުރުން. އަދި މީގެ އިތުރަށް ސްކޫލުގެ ވެރިންއަންގަވާ މުހިންމު ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން. 
  | 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 
 
  | 
|
| 
 1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ 2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުން.  | 
 މަޤާމުގެ ޝަރުޠުތައް: 
 
 
  | 
|
  | 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
|
| 
 1 ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު 2 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3 ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4 ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5 ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6 ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7 ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 8 މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  | 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
|
| 
 ވަޒީފާއަށް އެދޭ ފޯމު މި (އިދާރާ ފުވައްމުލަކު ސްކޫލް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ފުވައްމުލަކު ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސްް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 
  | 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
|
| 
 މި މަޤާމަށް މީހަކުހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 16 ޖުލައި 2017 އާއި 18 ޖުލައި 2017 ދެމެދުގެ ތާރީޚެއްގައި ފުވައްމުލަކު ސްކޫލުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  | 
 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު 
  | 
|
| 
 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
  | 
 ޝޯޓް ލިސްޓްކުރުން: 
  | 
|
| 
 މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ އަކީ %25 އެވެ. 
  | 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ  | 
|
| 
 މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ފުވައްމުލަކު ސްކޫލްގެ ނަންބަރު 6860002 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މައުލޫމާތު ހޯދުމަށް މި ސްކޫލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. 
  | 
 އިތުރު މަޢުލޫމާތު ހޯދުން:  | 
 
  | 
1438 J11
05 ޖުލައި 2017
