މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ނެޓް މީޓަރިންގ އުސޫލުން ކަރަންޓު އުފެއްދުމަށް މަގުފަހިކުރުމަށް ހިންގާ ޕްރޮގްރާމްގައި ބައިވެރިވާނެ ފަރާތްތައް ހޯދުން

އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ނެޓް މީޓަރިންގ އުސޫލުން ކަރަންޓު އުފައްދައި ބޭނުންކުރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި މި ދާއިރާގައި ހަރަކާތްތެރިވެ ޚިދުމަތްފޯރުކޮށްދޭ އެކިފަރާތްތައް ގުޅުވައިދީ، ޚިދުމަތް ހޯދުމުގެ ލުއި ފަސޭހަ އިންތިޒާމެއް ޤާއިމް ކުރުމަށްޓަކައި ޕްރޮގްރާމެއް ރާވައި ހިންގުމަށް މި މިނިސްޓްރީން މިގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވެ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކާއި ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ އަމިއްލަ ކުންފުނިތަކުން މިކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 10 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ މެއިލް ފޮނުއްވާނީ ([email protected]) އަށެވެ.

 

އެނަރޖީ ޑިޕާރޓްމަންޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

 

04 ޖުލައި 2017
ހޯދާ