ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން ވޭމަންޑޫ ސްކޫލްގެ ގޯއްޗަށް އިތުރުކޮށްފައިވާ ސަރަހައްދުގެ ވަށާފާރު ރޭނުމާއިބެހޭ

                މިސްކޫލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތްވާ ގޮތުގެމަތިން، މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތިދިނުމުން ސުކޫލުގެ ގޯއްޗަށް އިތުރުކޮށްފައިވާ ސަރަހައްދުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  

               ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ވޭމަންޑޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ވޭމަންޑޫ ސްކޫލްގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދިނުމަށް އެދި "މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

4 ޖުލައި 2017 ދުވަހު ހެނދުނު 11:00

13 ޖުލައި 2017 ދުވަހު ހެނދުނު 11:00

 

 

 

ކުންފުނި އިންވެސްޓްމެންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލުކުރައްވާ ކުންފުނި، ނުވަތަ އިންވެސްޓްމަންޓް ނުވަތަ ވިޔަފާރި އެނގޭނެފަދަ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި އެބޭފުޅަކުތަމްސީލު ކުރައްވާފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވާނީ ކޮންބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.  

މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންދާސީހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

 މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780564 ނަމްބަރ ފޯނާއެވެ.

14 ޖޫން 2017
ހޯދާ