މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މި މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް ރާއްޖެއިން ބޭރުން އެއަރ ފްރައިޓްކޮށް އަދި ސީފްރައިޓްކޮށް ގެނެވޭ ތަކެތި ކްލިއަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް

               އިޢުލާން

                                             

          މި މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް ރާއްޖެއިން ބޭރުން އެއަރ ފްރައިޓްކޮށް އަދި ސީފްރައިޓްކޮށް ގެނެވޭ ތަކެތި ކްލިއަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް 08 މޭ 2017 ގައި ކުރެވުނު ނަންބަރު 67/2017/23/AP-23 (IUL) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތަކުން އިތުރު އަގުތަކެއް ހުށަހަޅާފައިވާތީ އާއި ހުށަހަޅާފައިވާ ބައެއް އަގުތައް ސާފުނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.  ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތައް 15 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

17 ރަމަޟާން 1438

 

12 ޖޫން 2017
ހޯދާ