ދިވެހިރާއްޖެ
1. މިސަރވިސްގެ ހުސައިން އާދަމް ބިލްޑިންގގައި ބެހެއްޓިފައިވާ ސަރވަރ ރޫމްގެ ކޫލިންގ ސިސްޓަމްގެ މެއިންޓެނެންސް އަދި ވޮރެންޓީ މުއްދަތު އައުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤްވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 ޖޫން 13 ވާ އަންގާރަ ދުވަހުން ފެށިގެން 2017 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 12:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 200.00ރ (ދުއިސައްތަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ޖޫން 18 ވާ އާދީއްތަ ދުވަހުގެ 11:30 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
4. ބީލަން ހުޅުވުން އޮންނާނީ 2017 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 11:30 މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓްގައެވެ. ބީލަންތައް ހުންނަށްވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
5. ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.