ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ މެސްރޫމުގައި މުށިޖަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 ޖޫން 12 ވާ ހޯމަ ދުވަހުން ފެށިގެން 2017 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 އިން 12:00 އަށް މާލޭގައި ނަމަ، މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ދ.ކުޑަހުވަދޫ ގައި ނަމަ ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން ގައެވެ. ބީލަން ފޮތެއްގެ އަގަކީ 50/- (ފަންސާސް) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މާލެގައި ނަމަ މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން އަދި ދ.ކުޑަހުވަދޫ ގައި ނަމަ ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ލިބިވަޑައިގަންނަވާނެއެވެ.
މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ޖޫން 18 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، މާލޭގައި ނަމަ، މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ދ.ކުޑަހުވަދޫ ގައި ނަމަ ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
ބީލަން ހުޅުވުން އޮންނާނީ 2017 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، މާލޭގައި ނަމަ، މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ދ.ކުޑަހުވަދޫ ގައި ނަމަ ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތާއި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
