ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ ސޭލްސް

މަޤާމް :މެނޭޖަރ- ސޭލްސް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                   

 

މަޤާމު: މެނޭޖަރ - ސޭލްސް

މުސާރަ އާއި އެލަވަންސް

މަހަކު -/17,500    

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

EX4

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ސޭލްސް

މަޤާމުގެ ޝަރުތު:

މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރޭޖްއޭޓް ޑިގްރީ އެއް އޮތުމާއެކު 3(ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއެއްގެ ސެކްޝަންގެ އިސްމަޤާމެއްގައި 5(ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ ޗެނަލްތަކުގެ އިޝްތިހާރު ސްލޮޓްތައް ވިއްކުމާއި އެމަސައްކަތް މޮނީޓަރކުރުން.
  • ކުންފުނީގެ ޗެނަލްތަކުގެ ޕްރޮގްރާމްތަކަށް ސްޕޮންސަރޝިޕް ހޯދަން މަސައްކަތްކުރުން
  • ދުވަހުންދުވަހަށް ފޮނުވަޖެހޭ ޓީވީ އަދި ރޭޑިއޯ އިޝްތިހާރު ޝީޓް އެއްދުވަސް ކުރިއަށް ތައްޔާރުކޮށް ކަމާއި ބެހޭ ފަރާތާއި ޙަވާލުކުރުމުގެ ކަންތައް ކުރޭތޯ ބަލާ މޮނިޓަރ ކުރުން
  • ކުންފުނީގެ މީޑިޔާތަކުން ގެނެސްދޭ ޕްރޮގްރާމްތައް ވިއްކުމަށް ހަދަންޖެހޭ ޕްރެޒެންޓޭޝަންތައް ހަދާ، ކްލައިންޓުންނާއި ބައްދަލުކޮށް ޕްރެޒެންޓޭޝަންދީ ، ޕްރޮގްރާމުތައް ވިއްކުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • ކުންފުނީގެ ޗެނަލްތަކުން ވިޔަފާރީގެ އުޞޫލު ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކުގެ ކަންތައް ބެލެހެއްޓުމާއި އަދި އެ ޚިދުމަތްތައް ދޭގޮތް މޮނިޓަރކުރުން
  • ޑިޕާރޓްމަންޓްގެ ޓާސްކް ލިސްޓް ބެލެހެއްޓުން އަދި ސިޓީތަކަށް ޖަވާބުދޭތޯ ބަލާ މޮނިޓަރކުރުން.
  • ހަފްތާގެ ސޭލްސް ރިޕޯޓް، ކުއާޓަލީ ސޭލްސް ރިޕޯރޓް އަދި އެނުއަލް ސޭލްސް ރިޕޯރޓް ހަދާތޯބަލާ މިމަސައްކަތް މޮނިޓަރކޮށް ޑިޕާރޓްމަންޓް ހެޑާއި ޙިއްޞާކުރުން.
  • ކުންފުނީގެ ޗެނަލްތަކުން އިޝްތިހާރުކޮށް އަދި ސްޕޮންސަރ ޚިދުމަތް ހޯދާފަރާތްތައް އިތުރު ކުރުމަށް މަސައްކަތްކުރުން.
  • ކްލަޔަންޓް ކޮންޓެކްޓް ޑާޓާބޭސް އަޕްޑޭޓްކުރޭތޯ ބަލާ އެކަން މޮނިޓާރކުރުން.
  • އިޝްތިހާރުއަދި ޕްރޮގްރާމް ސްޕޮންސަރޝިޕް އަދި އެހެނިހެން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެޚިދުމަތްދިނުން.
  • ކުންފުނީގެ ފަރާތުން ހިންގާ އަދި ބައިވެރިވާ ބޮޑެތި ޕްރޮޖެކްޓްތަކުގައި ސޭލްސް ޑިޕާޓްމަންޓާއި ހަވާލުވާ މަސައްކަތައްކުރުން.
  • ޑިޕާޓްމަންޓުން ޙަވާލުކޮށްފައިވާ މަސައްކަތުގެ އިތުރުން އޮފީހުން އަންގާ މުހިންމު މަސައްކަތްތައްކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ޙާޞިލްކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖްރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީއެއް އަދި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

 

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 13 ޖޫން 2017 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                      11 ރަމަޟާން  1438

06 ޖޫން 2017
ހޯދާ