މަޤާމު: މެއިންޓަނަންސް އޮފިސަރ
|
މުސާރަ އާއި އެލަވަންސް
|
މަހަކު -/9,450 ރ
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
|
މަޤާމުގެ ރޭންކް
|
AS4
|
ބޭނުންވާ ޢަދަދު
|
01
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އެޑްމިނިސްޓްރޭޝަން
|
މަޤާމުގެ ޝަރުތު:
|
ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކުންފުނީގެ ޢިމާރާތްތައް ބަލަހަށްޓާ އެންމެހާ ތަންތަން ސާފުކޮށް ބަލަހައްޓާ މޮނިޓަރ ކުރުން އަދި ޑެއިލީ އަދި މަންތްލީ ރިޕޯޓްތައް ތައްޔާރުކޮށް ސެކްޝަންގެ ވެރިންނަށް ހުށައެޅުން
- ކުންފުނީގެ ޢިމާރާތްތަކުގެ ތެރެއިން އެ ވަގުތަކު ، މަރާމާތުކުރަންޖެހޭ ތަންތަން ޤަވާޢިދުން މަރާމާތުކޮށް ބެލެހެއްޓުން.
- ކުންފުނީގެ އެކިއެކި ޑިޕާރޓްމަންޓްތަކާއި، ސްޓޫޑިޔޯތަކުގަ އަޅާފައިވާ ކާރޕެޓް ހަޑިވިޔަނުދީ ވެކިއުމް ކްލީނަރ މެޝިން ބޭނުންކޮށްގެން ސާފުކުރުން.
- ކުންފުނީގެ ބޭނުމަށް ގެންނަ އެކިއެކި ތަކެތި އެ އެއްޗެއް ގެންދިއުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންގޮސްދިނުމުގެ މަސައްކަތް ބެލެހެއްޓުން.
- ކުންފުނީގެ ޢިމާތާތްތަކުގެ އިންފްރާސްޓަކްޗަރަށް ލިބޭ ގެއްލުންތައް ބަލާ މަރާމާތްކުރުން.
- ކުންފުނީގެ ލޮޖިސްޓިކް މަސައްކަތްތައް ކުރުވުމާއި، މީޓިންގ އަދި ހަފްލާ ތަކަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯރޓް ދިނުމުގެ މަސައްކަތް ބެލެހެއްޓުން.
- ސުޕަވައިޒްކުރާ މުވައްޒަފުންގެ ޑިއުޓީ ޓޭބަލް އަދލުވެރިކަމާއިއެކު ރޭވުން.
- މުވައްޒަފުންގެ ޕާރފޯމަންސް ދުވަހުން ދުވަހަށް އެޕްރައިޒް ކުރުން އަދި މުއައްޒަފުންގެ މައްސަލަތައް ބަލާ ޤަވާޢިދުން ފިޔަވަޅުއެޅުން
- ކުންފުނީގެ ފަރާތުން ކުރާ އެހެން މަސައްކަތުގައި ކުންފުނިން ބޭނުންވެއްޖެނަމަ ބައިވެރިވުމާއި އެހީތެރިވުން.
- ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ އެހެން ކަންތައްތައް ކުރިޔަށް ގެންދެވުމުގައި ބައިވެރިވެ ޢަމަލީގޮތުން ޙަރަކާތްތެރިވުން.
- ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުން އިންތިޒާމްކުރާ ކަންތައްތަކަށް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބިދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ލިބިދިނުން.
- މީގެ އިތުރުން ޑިޕާރޓްމަންޓް ހިންގަވަން ހުންނަ ވެރިއަކު ނުވަތަ އޮފީސް ހިންގުމާ ޙަވާލުވެ ހުންނެވި ވެރިއަކު ޙަވާލުކުރައްވާ އޮފީހުގެ މަސައްކަތްތައްކުރުން
|
މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު
|
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ޙާޞިލްކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖްރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީއެއް އަދި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ޕޮލިސް ރިޕޯޓް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
ސުންގަޑި
|
މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2017 ޖޫން 13 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|