|
މަޤާމް:
|
މަސައްކަތު
|
|
ބޭނުންވާ އަދަދު:
|
2 (ދޭން )
|
|
މަޤާމް ނަންބަރު:
|
J-113948 / J-113950
|
|
މަޤާމުގެ ރޭންކް:
|
އެސް.އެސް 1
|
|
މަޤާމުގެ ކުލެސިފިކޭޝަން:
|
ސްޕޯޓް ސްޓާފު 1
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ގއ. އަތޮޅު ތައުލީމީ މަރުކަޒު
|
|
ސެކްޝަން
|
އިދާރީ ( އެޑްމިން )
|
|
މުސާރަ:
|
މަހަކު -/3100 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
މަހަކު -/1000 ރުފިޔާ
|
|
އިތުރު އިނާޔަތްތައް:
|
1.އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
|
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
|
- ޙަވާލު ކުރެވިފައިވާ މަސައްކަތައް ދުވަހުން ދުވަހަށް ނިންމުން.
- މި މަރުކަޒަކީ ދަރިވަރުންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ މަސައްކަތް ކުރަމުންދާ ތަނަކަށް ވުމާއި އެކު މަރުކަޒުގެ ތެރޭގައި އުޅޭ އުޅޭމުގައި އެހެން މީހުންނާއި ރީތިބަހުން މުޢާމަލާތްކުރުން.
- ކޮންމެ ދުވަހަކުވެސް ކިޔެވުން ފެއްޓުމުގެ ކުރިން މަރުކަޒުގެ ކުލާސް ރޫމްތަކުގެ އެތެރެއާއި ، ބޭރު ފޮޅާ ސާފު ކުރުމަށް ފަހު ޙަވާލު ކުރެވިފައިވާ ކުލާސްރޫމްތައް ބަރާބަރަށް ކުނިކަހާ ފޮޅާ ސާފުކުރުން.
- މަރުކަޒުގެ ގޯތިތެރެއިން ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދު ދުވަހުން ދުވަހަށް ބަރާބަރަށް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
- ސްކޫލުގެ ތެރޭގައި ހުންނަ ގަސްތަކާއި ބަގީޗާތައް ބެހެލެއްޓުން
- މަތީގައި ދެންނެވިފައިވާ މަސައްކަތްތަކުގެ އިތުރުން އޮފީހުގެ ވެރިން އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.
|
|
މަޤާމުގެ ޝަރުޠު:
|
- ލިޔަން ކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި ،ފެންވަރައި ، ޤާބިލްކަމާއި،ސިފަތައް
|
|
އިންޓަވިއުކުރުން:
|
- މިމަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ،2017 ޖޫން 14 އާއި 2017 ޖޫން 15 ވަނަ ދުވަހާއި ދެމެދުގެ ތާރީޚެއްގައި ގއ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.
- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީމާކްސް ލިބޭ، އަދި އެންމެޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
|
|
ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމު، މިސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2017 ޖޫން 11 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 12.00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.
|
|
ނޯޓް:
|
މި ޢިއުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު:
|
މިއިޢުލާނާ ގުޅިގެންއިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާފަރާތްތަކުން، މިސްކޫލްގެ 6820029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. މެއިލްކުރައްވަނީ [email protected] މެއިލްއަށެވެ.
|