ދިވެހިރާއްޖެ
އިޢުލާން |
|
ވިލިމާލޭން މިނިސްޓްރީއަށް ލިބިފައިވާ ބިމުގައި މިނިސްޓްރީއާ ގުޅިގެން ވެޓެރިނަރީ ކްލިނިކެއް ހެދުން |
ނަމްބަރު : 72(IUL)30-E3/30/2017/ |
ތާރީޚު: 28 މޭ 2017 |
މިމިނިސްޓްރީން ދެވޭ ވެޓެރިނަރީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ވެޓެރިނަރީ ކްލިނިކެއް ޤާއިމުކުރުމުގެ އިތުރުން ރާއްޖޭން ނެތިދާ ނުވަތަ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހީގެ ޑެމޮންސްޓްރޭޝަން ޕްލޮޓެއް ޤާއިމުކުރުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-E3/30/2017/59 (09 މޭ 2017) އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް ޕްރޮޕޯޒަލް ލިބިފައި ނުވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމިނިސްޓްރީއާ ގުޅިގެން މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 04 ޖޫން 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ޕްރޮޕޯޒަލް ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339208 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
02 ރަމަޟާން 1438
28 މޭ 2017