މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 1. މިސަރވިސްގެ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017  މެއި  28 ވާ އާދީއްތަ ދުވަހުން ފެށިގެން 2017 މެއި 31 ވާ ބުދަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 12:00 އަށް، މާލޭގައި ނަމަ މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު)  އަދި ޏ.ފުވައްމުލަކުގައި ނަމަ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައެވެ. ބީލަން ފޮތެއްގެ އަގަކީ 400/-ރ ( ހަތަރު ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި ލިބިވަޑައިގަންނަވާނެއެވެ.

3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ޖޫން 4 ވާ އާދީއްތަ ދުވަހުގެ 11:00ގައި، މާލޭގައި ނަމަ މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) އަދި ޏ.ފުވައްމުލަކު ގައި ނަމަ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 ޖޫން 1 ވާ ބުރާސްފަތި ދުވަހުގެ 14:00  ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2017 ޖޫން 08 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާލޭގައި ނަމަ މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) އަދި ޏ.ފުވައްމުލަކުގައި ނަމަ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައެވެ.

4. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

5. ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބައްލަވައި ގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުސަތު ދެވެންނެތް ވާހަކަދަންނަވަމެވެ.                    

25 މޭ 2017
ހޯދާ