މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                             އިޢުލާން

ހެލްތް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ޕަބްލިކް ހެލްތް ޕްރޮގްރާމް މެނޭޖަރ

މަޤާމުގެ ނަންބަރު

J-271562

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޜަން / ސެކްޝަން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ/ ޕަބްލިކް ހެލްތް އިންސްޕެކްޓްރޭޓް ސެކްޝަން

މަޤާމު އޮތް އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ވަޒީފާ އަދާކުރަންޖެހޭ ތަން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

މުސާރަ

-/7035 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް، އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ސްޕެޝަލަ ޑިއުޓީ އެލްވަންސް ގެ ގޮތުގައި މުސާރައިގެ %35.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކާބޯތަކެތިހަދާ ވިއްކާ ތަންތަނާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ފުޑް ސޭފްޓީ ގަވާއިދާއި ސްޓޭންޑަޑްސް އަދި ޕްރޮސީޖަރތަކާއިއެއްގޮތަށް އިންސްޕެކްޓް ކުރުމާއި ސަރޓިފައި ކުރުމާއި ސަރޓިފިކެޓް ބާތިލްކޮށް ތަން ބަންދު ކުރަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އެޅުމުގެ އިންތިޒާމް ހަމަޖައްސާ ހިންގާ ބެލެހެއްޓުން.
  2. ކާބޯތަކެތިހަދާ ވިއްކާ ތަންތަނާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ފުޑް ސޭފްޓީ ގަވާއިދާއި ސްޓޭންޑަޑްސް އަދި ޕްރޮސީޖަރތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ރާވާ ހިންގުން.
  3. ޔުނިޓްގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ސްޕަރވައިޒް ކުރުމާއި ދިމާވާ ދަތިތައް ޙައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއިއެކު ޑިވިޜަން ހެޑަށް ރިޕޯރޓް ކުރުން.
  4. އިންސްޕެކްޝަން އެންޑް އެންފޯރސްމަންޓް ސެކްޝަނުން ހިންގަންޖެހޭ އެހެނިހެން އިންސްޕެކްޝަން ކުރުމުގެ އިންތިޒާމްތައް ރާވާ ހިންގުން.
  5. އިންސްޕެކްޝަން އެންޑް އެންފޯރސްމަންޓް ސެކްޝަނުގެ މުވައްޒަފުން، މަސައްކަތަށް އަޙުލުވެރި ކުރުމަށާއި ހުނަރުވެރިކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުން.
  6. އޮފީހުގެ މަސައްކަތާ ގުޅުންހުރި ލިޔެކިޔުންތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކޮށް ބެލެހެއްޓުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  7. އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

  1. ޕަބްލިކް ހެލްތް ނުވަތަ ކްލިނިކަލް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ޕަބްލިކް ހެލްތް ނުވަތަ ކްލިނިކަލް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

  1. ޕަބްލިކް ހެލްތް ނުވަތަ ކްލިނިކަލް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ  8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ޕަބްލިކް ހެލްތް ނުވަތަ ކްލިނިކަލް ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

  1. ޕަބްލިކް ހެލްތް ނުވަތަ ކްލިނިކަލް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.

މަޤާމު

ސީނިއަރ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު

J-234417

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޜަން / ސެކްޝަން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ/ ޕަބްލިކް ހެލްތް ސަރވައިލެންސް ސެކްޝަން

މަޤާމު އޮތް އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ވަޒީފާ އަދާކުރަންޖެހޭ ތަން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބަލިތައް ފެތުރެމުންދާ މިންވަރު ނުވަތަ ބަދަލުވަމުން އަންނަ މިންވަރު މޮނިޓަރކޮށް ރާއްޖޭގެ އެއްވެސް ހިސާބެއްގައި ބަލި ފެތުރެމުންދާނަމަ ކަމާގުޅުންހުރި ޑިވިޜަންހެޑަށް ރިޕޯރޓް ކުރުން.
  2. ހެލްތް މާސްޓަރ ޕްލޭންއާއި ޤައުމީ ލަނޑުދަނޑިތައް ޙާޞިލްކޮށް ދެމެހެއްޓުމަށްޓަކައި ސެކްޜަން ލެވެލްގައި ކުރަންޖެހޭ މަސައްކަތްތައް ވިލަރެސް ކުރުން.
  3. ސެކްޝަން ލެވެލްގައި ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރުވުމަށްޓަކައި މަސައްކަތުގެ ޕްލޭނެއް ތައްޔާރުކޮށް ޕްލޭންގައިވާ ގޮތަށް މުވައްޒަފުންނާއި މަސައްކަތް ޙަވާލު ކުރުން.
  4. ސެކްޝަން މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ސްޕަވައިޒް ކުރުމާއި ދިމާވާ ދަތިތައް ޙައްލު ކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމާއެކު ޑިވިޜަން ހިންގުމާޙަވާލު ހުންނަވާ ބޭފުޅަކަށް ރިޕޯޓްކުރުން.
  5. މަސައްކަތުގެ ދާއިރާއިން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  6. މީގެ އިތުރުންވެސް މަސައްކަތުގެ ދާއިރާއިން ސުޕަރވައިޒަރުން ޙަވާލުކުރާ މަސައްކަތްތަކާއި އޮފީހުގައި ކުރަންޖެހޭ މުހިއްމު މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ ޙަރަކާތްތެރިވުން.

މަޤާމުގެ ޝަރުތުތައް

  1. ޕަބްލިކް ހެލްތް ނުވަތަ ކްލިނިކަލް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ޕަބްލިކް ހެލްތް ނުވަތަ ކްލިނިކަލް ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

  1. ޕަބްލިކް ހެލްތް ނުވަތަ ކްލިނިކަލް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.

މަޤާމު

ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު

J-234422

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޜަން / ސެކްޝަން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ/ ކޮމިއުނިކަބަލް ޑިސީސް ކޮންޓްރޯލް ޕްރޮގްރާމްސް ސެކްޝަން

މަޤާމު އޮތް އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ވަޒީފާ އަދާކުރަންޖެހޭ ތަން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޓީ.ބީ ބައްޔާއި ބެހޭގޮތުން އެއްކުރަންޖެހޭ ޚާއްސަ މަޢުލޫމާތު ހޯދާ ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރުން.
  2. ޓީބީ ބައްޔާއި ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްކުރުން.
  3. ނޭޝަނަލް ޓީ.ބީ ރަޖިސްޓްރީ ބެލެހެއްޓުމާއި، ބަލި މީހުންގެ ތަފާސް ހިސާބު ބެލެހެއްޓުމާއި، ނޭޝަނަލް ޓީ.ބީ ޑްރަގް ސްޓޮކް ބެލެހެއްޓުމާއި، ރާއްޖޭގެ ޓީ.ބީގެ ހާލަތުބަލާ މޮނިޓަރ ކުރުމުގެ މަސައްކަތް ކުރުން.
  4. ހެލްތް މާސްޓަރޕްލޭންގައިވާ ލަޑުދަޑިތަކަށް ވާސިލްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޔުނިޓް ލެވަލްގައި ރާވާ ހިންގުން.
  5. ޓީ.ބީ ބަލި ފެތުރުނަ ނުދިނުމަށް ކޭސް ޑިޓެކްޝަނާއި ޓީބީ ސަރވޭލަންސް އަދި ޓީ.ބީ ސްކްރީނިންގެ މަސައްކަތްތައް ކުރުން.
  6. މަސައްކަތުގެ ދާއިރާއިން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  7. މީގެ އިތުރުންވެސް މަސައްކަތުގެ ދާއިރާއިން ސުޕަރވައިޒަރުން ހަވާލުކުރާ މަސައްކަތްތަކާއި އޮފީހުގައި ކުރަންޖެހޭ މުޙިއްމު މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ހަރަކާތްތެރިވުން.
  8. ޓީ.ބީގެ މާސް ސްކްރީންތައް ރާވާ ހިންގުން އަދި މާސް ސްކްރީންގައި މީހުންގެ މައުލޫމާތު ނެގުމާއި މާންޓް ޖެހުމާއި ރީޑިންގެ ނެގުން.

މަޤާމުގެ ޝަރުތުތައް

  1. ޕަބްލިކް ހެލްތް ނުވަތަ ކްލިނިކަލް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.

ނުވަތަ

  1. ޕަބްލިކް ހެލްތް ނުވަތަ ކްލިނިކަލް  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޕަބްލިކް ހެލްތް ނުވަތަ ކްލިނިކަލް ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 މޭ 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތް ގެ ކައުންޓަރއަށެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

2017 ވަނަ އަހަރުގެ ޖޫން މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

30%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014326  ނަންބަރު ފޯނަށެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓުންލިބެން ހުންނާނެއެވެ.

18 މޭ 2017
ހޯދާ