މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ގއ.ދާންދޫ ޕޮލިސް ސްޓޭޝަނަށް ކޭޓަރިންގެ ޚިދުމަތް ފޯރުކޮށްދެނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ބޭނުންވެއްޖެ.

          ގއ.ދާންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، ކުށުގެ ތުޙުމަތުގައި ފުލުހުުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެެގެން ކުރި މި ސަރވިސްގެ 171-H3(PU)/IUL/2016/186 ނަމްބަރު އިޢުލާނުން ހުޅުވާލި ފުރުޞަތާއި ގުޅިގެން ހުށަހެޅިފައިވާ ބިޑްތަކުގެ އަގުތައް ބޮޑުކަމަށް ފާހަގަ ކުރެވިފައިވާތީ، ދެންނެވިފައިވާ އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ ބިޑް ޑޮކިއުމަންޓްސް ބާތިލްކޮށް މި މަސައްކަތަށް ކުރިމަތި ލުމުގެ ފުރުޞަތު މިކަމަށް ޝައުޤްވެރިވެލައްވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

           ވީމާ، އެއްބަސްވުމެއްގެ ދަށުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2017 މެއި 18 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ގއ.ދާންދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މެއި 25 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

14 މޭ 2017
ހޯދާ