ދިވެހިރާއްޖެ
މިމިނިސްޓްރީން ދެވޭ ވެޓެރިނަރީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ވެޓެރިނަރީ ކްލިނިކެއް ޤާއިމުކުރުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-E3/30/2017/10 (08 ފެބްރުވަރީ 2017) އިޢުލާނު ބާޠިލުކޮށް، އެބިމުގައި ވެޓެރިނަރީ ކްލިނިކެއް ޤާއިމު ކުރުމުގެ އިތުރުން ރާއްޖޭން ނެތިދާ ނުވަތަ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހީގެ ޑެމޮންސްޓްރޭޝަން ޕްލޮޓެއް/ހާބޭރިއަމެއް ހެދުމަށް ބޭނުންވާތީ މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމިނިސްޓްރީއާ ގުޅިގެން މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 15 މޭ 2017 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2017 ވާ އާދީއްތަ ދުވަހު 13:00 އަށް ފްރޮޕޯޒަލް ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން ދެއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339208 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
13 ޝަޢުބާން 1438
09 މޭ 2017