މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފ. މަގޫދޫގައި، ޑިޒައިން އެންޑް ބިލްޑް އުސޫލުން ރިވާސް އޮސްމޮސިސް ޕްލާންޓެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދައުވަތު

ފ. މަގޫދޫގައި، ޑިޒައިން އެންޑް ބިލްޑް އުސޫލުން ރިވާސް އޮސްމޮސިސް ޕްލާންޓެއް ޤާއިމު ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަޝްރޫޢުއާއި ގުޅޭ ބީލަން ފޮތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ވެބްސައިޓް www.environment.gov.mv އިން 9 މެއި 2017 ވާ އަންގާރަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.

މިމަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/10,000ރ (ދިހަހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.      

ޕްރީ ބިޑް ބައްދަލުވުން

މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 16 މޭ 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ. އަދި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެކަން ދަންނަވަމެވެ.  

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 މެއި 24 ވާ ބުދަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 މެއި 24 ވާ ބުދަ ދުވަހުގެ 10:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އިންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.

 

04 މޭ 2017
ހޯދާ