ދިވެހިރާއްޖެ
ހިތަދޫ ކެމްޕަސް
ޝަރަފުއްދީން މަގު
ސ.ހިތަދޫ 01-19
5053-688
8605-688
ނަންބަރު: (IUL)HC/2017/003
އިޢުލާން
2017 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސް 1 އާއި، ދޮންބެއްޔާ ދަނާލާއި ކެމްޕަސް 2 ން ކުނިއުކާލުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 23 އޭޕްރިލް 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ކެމްޕަހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ދިނުމަށް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 14:00 އަށް ދޫކުރެވޭނެއެވެ. ނަމަވެސް އަންދާސިހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 25 އޭޕްރިލް 2017 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ކެމްޕަހުގައެވެ.
21 ރަޖަބު 1438