މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1438ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމާބެހޭ

1438 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުންގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ބެހޭގޮތުން 2017 އޭޕްރީލް 17 ގައި ގެޒެޓް ކުރެވިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ، އެ އުސޫލުގައި ބުނެދީފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނި ތަކަށެވެ.

ޕްރޮޕޯސަލްފޮތް 2017 އޭޕްރީލް 19 ވާ ބުދަ ދުވަހުން ފެށިގެން 2017 އޭޕްރީލް 23 ވާ އާދިއްތަ ދުވަހަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 8:00 އިން 12:30އަށް މި މިނިސްޓްރީގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ.

ޕްރޮޕޯސަލްފޮތް ހުށަހެޅުމާ ބެހޭގޮތުން ބާއްވާ ޕްރީ-ބިޑް މީޓިންގ 2017 އޭޕްރީލް 24 ވާ ހޯމަ ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ މީޓިންގރޫމު 1 ގައި އޮންނާނެއެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހު ސިޓީއުރައިގެ ބޭރުގައި "1438 ވަނައަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައެވެ. ޕްރޮޕޯސަލްތައް ހުޅުވާގޮތަށް ހަމަޖެހިފައިވަނީ 2017 އޭޕްރީލް 30 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ގައި، ޕްރޮޕޯސަލް ހުށަހަޅުއްވާ ކުންފުނިތަކުގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯސަލްފޮތް ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

21 ރަޖަބު 1438

18 އޭޕްރިލް 2017

18 އޭޕްރިލް 2017
ހޯދާ