ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ގަމުގެ މެނޭޖްކުރުމާއި ގުޅޭ.

ލ. ގަމުގެ މެނޭޖްކުރުމާއި ގުޅޭ.

މިރަށުގެ ގޭބިސީތަކާއި، ފިހާރަތަކާއި، ސައިހޮޓާ ރެސްޓޯރެންޓްތަކާއި، އޮފީސްތަކާއި، ސްކޫލްތަށް ފަދަ ތަންތަނުގައި ދުވަހުން-ދުވަހަށް އުފެދޭ ކުނި މަހުކުއްޔަށް، އެތަންތަނުން ނަގައި، ކުނި މެނޭޖްކުރުމަށް ހޮވިފައިވާ "ސެވެން ކޮންޓިނެންޓްސް ޕްރައިވެޓް ލިމިޓެޑް" އިން އެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ. މި ޚިދުމަތަށް ފީނެގުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.

ގޭ ބިސީ، މަހަކަށް -/100 (ސަތޭކަ) ރުފިޔާ

(ހ)

ސަރުކާރުގެ އޮފީސްތަކާއި، ސްކޫލް، ޕޮލިސް ސްޓޭޝަން، ކޯޓް، ހޮސްޕިޓަލް (ޖެނެރަލް ވޭސްޓް)، ފަދަ މުއައްސަސާތަކުން މަހަކަށް -/250 ރުފިޔާ.

(ށ)

ދަނޑު ބިންތަކުން މަހަކަށް -/200 (ދުއިސައްތަ) ރުފިޔާ.

(ނ)

އިތުރު ދަތުރު ދަތުރަކަށް -/50 (ފަންސާސް) ރުފިޔާ.

(ރ)

ހޮޓާ، ރެސްޓޯރެންޓް، ގެސްޓްހައުސް، ފިހާރަ، އަމިއްލަ އޮފީސް، ދަނާލު، އިންޖީނުގެ ފަދަ ތަންތަނުން ފީ ނަގާނީ، ދެފަރާތް އެއްބަސްވާ ގޮތުގެ މަތީން.

(ބ)

ވީމާ، ދެންނެވިފައިވާ ގޮތަށް، ސެވެން ކޮންޓިނެންޓްސް މެދުވެރިކޮށް، ކުނި މެނޭޖް ކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން، ރަސްމީ ދުވަސްތަކުގެ 9:00 އިން 13:30 އާއި ދެމެދު މި އިދާރާއަށް ދުރުވެ، ނަން ނޯޓްކުރެއްވުން އެދެމެވެ. އަދި ސެވެން ކޮންޓިނެންޓްސް އިން ކުނި މެނޭޖްކުރަން ފެށުމުން އަމިއްލައަށް ކުނިއުކާލަން ބޭނުންވާ ފަރާތްތަކުންވެސް ކުނި އަޅަންޖެހޭނީ، މަތިމަރަދޫ - ތުނޑި ބައިކުރިމަގު (ވެލާނާ މަގު) ހުންނަ ލ. ގަމު ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ކުނި އެޅުމަށް ޚާއްޞަ ކުރެވިފައިވާ ތަންތަނަށް ކަމުގައިވެސް ދަންނަވަމެވެ.

18 އޭޕްރިލް 2017
ހޯދާ