މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސުންބޯޑު ނެތި އެއްތަނުން އަނެއްތަނަށް އުޅަނދު ގެންދާ ފަރާތްތައް ޖޫރިމަނާ ކުރުމާއި ބެހޭ

                                         `                 

 

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ                                            Maldives Transport Authority

މާލެ، ދިވެހިރާއްޖެ                                                    Male’, Republic of Maldives

 

 

 

                                                         ނަންބަރ(IUL) 202-L/  /2017  / 37        

 

       އިޢުލާން

 

            މި އޮތޯރިޓީގެ ނަންބަރު  (JUL)202-L/1/2017/34 އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.

            ރަޖިސްޓަރީ ނުކޮށްހުންނަ އެއްގަމު އުޅަނދު އެއްތަނުން އަނެއްތަނަށް ގެންދާއިރު، "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާއިދު" ގެ 6 ވަނަ މާއްދާގެ ދަށުން ނަގަންޖެހޭ ހުއްދަ މީގެފަހުން ދޫކުރާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ. ވީމާ ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު އެއްތަނުން އަނެއްތަނުން ގެންދާ ފަރާތްތައް  -/750  (ހަތްސަތޭކަ ފަންސާސް ރުފިޔާ) ރުފިޔާއިން ޖޫރިމަނާ ކުރާނެ ވާހަކަ ދެންނެވީމެވެ.

            ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

 

           20 ރަޖަބު 1438

           18 އޭޕްރީލް 2017  

 

 

  ދިވެހިސަރުކާރުގެ ގެޒެޓް

  މާލެ، ދިވެހިރާއްޖެ                                   

 

 

 

18 އޭޕްރިލް 2017
ހޯދާ