މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
6 ވަނަ ވޯލްޑް އެންޓަޕްރަނިއަރޝިޕް ފޯރަމް، ސިންގަޕޯރ، 31 އޮކްޓޯބަރ 2013

ސުރުޚީގައިވާ ފޯރަމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ފޯރަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާން ވިޔަފާރިވެރިންނާއި، ވިޔަފާރީގެ ދައިރާއިން މަތީ ތަޢުލީމްހާސިލުކުރާ ދަރިވަރުންނާއި، އަދި ފުންނާބު އުސް ވިޔަފާރިވެރިންގެ އިތުރުން ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ އެކި ފަރާތްތަކުން އެކުވެރި މާޙައުލަކުން ދިމާވެ ޚިޔާލު ބަދަލުކުރުމަށް ބާއްވަމުން އަންނަ ފޯރަމެކެވެ.

މި ފޯރަމުގެ މިއަހަރުގެ ޝިޢާރަކީ "އެންޓަޕްރަނިއަރސް: ނެވިގޭޓިންގ ޗޭންޖް ފޮރ ސަސްޓެއިނިބަލް ގްރޯތު" އެވެ. މިގޮތުން މި ފޯރަމްގައި 350 އަށްވުރެން ގިނަ ބައިވެރިން އެބައެއްގެ މާހައުލު ބަދަލުކުރުމަށްޓަކައި ވިޔާފަރި މެދުވެރިކޮށް ކުރެވިދާނެ ކަންތަކާމެދު ފިކުރުކޮށް، ބަހުސްކުރުމަށް އެއްތަނަކަށް ޖަމާވާނެއެވެ.

މީގެ އިތުރުން މިފޯރަމުގެ ތެރެއިން 5 ފަރާތަކަށް "އެންޓަޕްރަނިއަރ ފޮރ ދަ ވޯލްޑް އެވޯޑް" ދިނުމުގެ ޙަފްލާ ކުރިއަށް ދާނެއެވެ. މި އިނާމް ދެވެނީ ފޯރަމުގެ ޝިއާރު އަދި މަޤްޞަދު ކަމަށްވާ ވިޔަފާރީގެ ޒަރީޢާއިން މުދާވެރިކަން އުފައްދާ، އިޖްތިމާޢީ ހަމަހަމަކަމާއި އިންސާފު ޤާއިމްކޮށްދިނުމަށް އެހީތެރިވާ 5 ލާމަސީލު ފަރާތްތަކަށެވެ.

މި ފޯރަމް ކުރިއަށްދާނީ ސިންގަޕޫރުގެ ގްރޭންޑް ކެޕްތޯން ވޯޓަރފްރަންޓް ހޮޓަލްގައެވެ. މި ފޯރަމުގައި ބައިވެރިވުމުގެ ފީތައް ތިރީގައި މިވަނީއެވެ.

 

މީހަކަށް (ސިންގަޕޫރު ޑޮލަރު)

ކޮންފަރެންސް ޓިކެޓް (ހިމެނިފައި/ ނުހިމެނޭ)

އެވޯޑް ޙަފްލާގެ ޓިކެޓް (ހިމެނިފައި / ނުހިމެނޭ)

ދުވަހުގެ ކޮންފަރެންސް (އެކަކަށް)

$250

ހިމެނިފައި

ނުހިމެނޭ

އެވޯޑް ޙަފްލާ އަދި ފަރީއްކޮޅު (އެކަކަށް)

$200

ނުހިމެނޭ

ހިމެނިފައި

2 ޙަރަކާތް ހިމެނޭ ޕެކޭޖް (އެކަކަށް)

$300

ހިމެނިފައި

ހިމެނިފައި

2 ޙަރަކާތް ހިމެނޭ ޕެކޭޖް (5 ބޭފުޅަކަށް)

$270

ހިމެނިފައި

ހިމެނިފައި

2 ޙަރަކާތް ހިމެނޭ ޕެކޭޖް (10 ބޭފުޅަކަށް)

$240

ހިމެނިފައި

ހިމެނިފައި

ވީމާ، މި ފޯރަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން މި ފޯރަމުގެ އޮފިޝަލް ވެބްސައިޓް، http://singapore2013.world-entrepreneurship-forum.com/  އަށް ވަޑައިގެން ރެޖިސްޓަރޭޝަން ފުރިހަމަކުރެއްވުމަށްފަހު، އެފަރާތުގެ އީމެއިލް [email protected] އަށް ފޮނުވުމަށްފަހު މިމިނިސްޓްރީގެ އީމެއިލް [email protected] އަށް ބައިވެރިވާ ފަރާތުގެ މަޢުލޫމާތު ކޮޕީކޮށްދެއްވުން އެދެމެވެ. މިފޯރަމާބެހޭ އިތުރު މަޢުލޫމާތު މިފޯރަމުގެ ވެބްސައިޓް، އޮފިޝަލް އީމެއިލް އަދި ޒުވާނުންގެ މަރުކަޒުގެ ނަންބަރު 3323860 އިން ލިބިވަޑައިގަންނަވާނެއެވެ.

25 ޛުލްޤަޢިދާ 1434

01 އޮކްޓޫބަރު 2013
ހޯދާ