މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ކުށުގެ ތުހުމަތުގައި ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދުން

  އަންދާސީހިސާބު ބޭނުންވެއްޖެ.

      މި ސަރވިސްގެ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، ކުށުގެ ތުޙުމަތުގައި ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

       ވީމާ، ކޮންޓްރެކްޓް އުޞޫލުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2017 އޭޕްރީލް 19 ވާ ބުދަ ދުވަހުގެ 11:00 އަށް ޏ.ފުވައްމުލަކުގައި ނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް އަދި މާލޭގައި ނަމަ އިސްކަންދަރު ބިލްޑިންގ (އަމީނީމަގު/މާލެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޭޕްރީލް 26  ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ  ޏ.ފުވައްމުލަކުގައި ނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް އަދި މާލޭގައި ނަމަ އިސްކަންދަރު ބިލްޑިންގ (އަމީނީމަގު/މާލެ) އަށެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

12 އެޕްރީލް 2017
ހޯދާ