ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                               ނަމްބަރ: (IUL)399-CA/399/2017/34

 

ވަޒީފާގެ ފުރުޞަތު

 

މަޤާމް:                     ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ:              J-223617      

ބޭނުންވާ ޢަދަދު:               01

މަޤާމުގެ ގިންތި:               ދާއިމީ     

މަޤާމުގެ ރޭންކް:  MS2              

މަޤާމުގެ ކްލެސިފިކޭޝަން:         ސީނިއަރ އޮފިސަރ ގްރޭޑް 2        

ސެކްޝަން:                  ލ. ގަމު ކައުންސިލްގެ އިދާރާ

މަޤާމް އޮތް އޮފީސް:             ލ. ގަމު ކައުންސިލްގެ އިދާރާ         

ވަޒީފާ އަދާކުރަންޖެހޭ ތަން:         ލ. ގަމު ކައުންސިލްގެ އިދާރާ

މުސާރަ:                     -/6295 ރ.

ސަރވިސް އެލެވަންސް:           -/2000 ރ.

އިތުރު ޢިނާޔަތްތައް:              އިތުރުގަޑީގައި މަސައްކަތްކުރާނަމަ ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާ އަދި މަސައްކަތަށް ރަނގަޅު ނަމަ ސިވިލްސަރވިސްގެ މުވައްޒަފުންނާއިބެހޭ ޤަވާޢިދުގައިވާ ގޮތުގެމަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. އަދި އަހަރީ ޗުއްޓީގެ ގޮތުގައި ކޮންމެ އަހަރަކު 30 ދުވަހާއި، ޢާއިލީ ޒިންމާ ޗުއްޓީގެ ގޮތުގައި 10 ދުވަސް ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި       

ވާޖިބުތައް:

  1. މުވައްޒަފުންގެ ރަޖިސްޓްރީ އާއިބެހޭ ކަންތައްތަކާއި، ޗުއްޓީ ކަންތައްތަކާއި، ރެކޯޑް ފައިލްތައް ބެލެހެއްޓުން.
  2. މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމާއިބެހޭ ކަންތައްތައް ޒިންމާދާރު ވެރިޔާގެ އިރުޝާދުގެމަތިން ބެލެހެއްޓުމާއި، މުވައްޒަފުންނަށް ހިންގާ ކޯސްތަކާއިބެހޭ އެންމެހައި ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.
  3. އިދާރައިގެ މުވައްޒަފުންގެ ޙާޟިރީގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
  4. ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއިބެހޭ ކަންތައްތައް ބެލެހެއްޓުން.
  5. ވަޒީފާއާއިބެހޭ ސެކްޝަންގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.
  6. މިސްކިތްތަކަށް ޒިންމާދާރުވެރިޔާގެ އިރުޝާދުގެ މަތިން މުދިމުން ބަދަލުކުރުމުގެ ކަންތައްތައް ކުރުމާއި، ވަގުތީ ގޮތުން ހަމަޖއްސަންޖެހޭ އިމާމުން ހަމަޖެއްސުމުގެ ކަންކަން ކުރުން.
  7. ޒިންމާދާރު ވެރިޔާގެ އިރުޝާދުގެ މަތިން މުވައްޒަފުންގެ އޭޕްރައިޒަލް ފޯމް ފުރިހަމަކުރުން.
  8. އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ފޮނުވަންޖެހޭ ތަހުނިޔާ ޑައިރެކްޓަރގެ އިރުޝާދުގެ މަތިން ފޮނުވުން.
  9. ކައުންސިލްގެ ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި، ކައުންސިލްގެ ޔައުމިއްޔާ ލިޔެބެލެހެއްޓުން.
  10. ކައުންސިލްގެ ނިންމުންތަކާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  11. ރަށު ކައުންސިލްގެ ރައީސްގެ އެޕޮއިންޓްމަންޓްތަކާއި، ބައްދަލުވުންތައް އިންތިޒާމުކުރުން.
  12. ކައުންސިލްގެ ނިންމުންތައް ތަންފީޒުވަމުންދާ މިންވަރު ބަލާ ކައުންސިލްގެ ރައީސަށް ރިޕޯޓްކުރުން.
  13. އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރައިގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ ކަންކަން ކުރުން.

 

މަޤާމުގެ ޝަރުޠުތައް:     

  1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޓީޗިންގ، އެޗް.އާރ އަދި އައި.ޓީ. ދާއިރާ އަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދު ޙާޞިލް ކޮށްފައިވުމާއިއެކު، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޓީޗިންގ، އެޗް.އާރ އަދި އައި.ޓީ. ދާއިރާއެއްގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޓީޗިންގ، އެޗް.އާރ އަދި އައި.ޓީ. ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއިއެކު، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޓީޗިންގ، އެޗް.އާރ އަދި އައި.ޓީ. ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މެނޭޖްމަންޓް، އެޑްމނިސްޓްރޭޝަން، ޓީޗިންގ، އެޗް.އާރ، އަދި އައި.ޓީ. ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއިއެކު، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޓީޗިންގ، އެޗް.އާރ އަދި އައި.ޓީ. ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2.  ނުވަތަ

މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޓީޗިންގ، އެޗް.އާރ އަދި އައި.ޓީ. ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލް ކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު    

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:         

  •  ތަޢުލީމާއި،ތަމްރީން 30 އިންސައްތަ
  •  މަސައްކަތުގެ ތަޖުރިބާ 30 އިންސައްތަ
  • އިންޓަވިއު (މަސައްކަތުގެ ހުނަރާއި. ފެންވަރާއި، ޤާބިލްކަމާއި ސިފަތައް) 30އިންސއްތަ

ހުށަހަޅަންޖެހޭ ލިޔުންތައް:    

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

  (ހ) މޯލްޑިވްސް ކޮލިސިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

  (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

    (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓީޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި         ވަޒީފާއަށް އެދޭ ފޯމު މި ލ. ގަމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި

ސުންގަޑި:                 ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް

                       އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

                       ލ. ގަމު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި،  ލިޔުންތައް އީމެއިލް މެދުވެރިކޮށް

                       ވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

                       ފެކްސް ނަންބަރަކީ 6800767 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް

                       ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.               

އިންޓަވިއު

އޮންނާނެ ތަނާއި، މުއްދަތު:    މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އިންޓަވިއު އޮންނާނެ ތަނާއި، ގަޑި ޝަރުޠު ހަމަވާ ފަރާތްތަކަށް

މިއިދާރާގެ ފަރާތުން އަންގާނެއެވެ.

ޝޯޓް ލިސްޓްކުރުން:        މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ

                     ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން 

                     މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް     

ކަނޑައަޅާފައިވާ ކްރައިޓީރިއާގެ  

ހުރިހާ ބަޔަކުން އެންމެ

ދަށްވެގެން ލިބެންޖެހޭ ޖުމްލަ

އިންސައްތަ               %90

އިތުރު މަޢުލޫމާތު ހޯދުން:      މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800766 ނަންބަރު ފޯނާއެވެ.

                     

22  ޖުމާދަލްއާޚިރާ 1438

21    މާރިޗު   2017

 

21 މާރިޗު 2017
ހޯދާ