ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
އއ.އުކުޅަހު ޕޮލިސް ޑެސްކްގައި މަސައްކަތްކުރާ ފުލުހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް މިސަރވިސްގެ ނަމްބަރު: 171-H3(PU)/IUL/2017/19 އިޢުލާނުން ހުޅުވާލި ފުރުޞަތާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތަށް ފުރިހަމަވެފައި ނުވާކަމަށް މި ސަރވިސްއަށް ފެންނާތީ، ދެންނެވިފައިވާ އިޢުލާނު ބާޠިލުކޮށް އެފުރުސަތު މިކަމަށް ޝަޢުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލައިފީމެވެ.
ވީމާ، ކޮންޓްރެކްޓް އުސޫލުން އއ.އުކުޅަހު ޕޮލިސް ޑެސްކްގައި މަސައްކަތްކުރާ ފުލުހުންނަށް ކައްކައި ކާންދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މާރިޗު 22 ވާ ބުދަ ދުވަހުގެ 14:00 އަށް އއ.ރަސްދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2017 މާރިޗު 28 ވާ އަންގާރަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މައުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
