ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޓާޓާ ހައުސިންގ ޔުނިޓް ތަކުގައި، CCTV ކެމެރާ އަދި އެކްސެސް ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް

އި ޢު ލާ ން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިކޯޕަރޭޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް، ޓާޓާ ހައުސިންގ ޔުނިޓް ތަކުގައި، CCTV ކެމެރާ އަދި އެކްސެސް ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 މާރިޗު 2017 ވާ ދުވަހުގެ 13:00 އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މާރިޗު 2017 ވާ ދުވަހުގެ 13:00 އަށް (ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު) ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައި އޮފީހުގެ މީޓިންގް ރޫމަށް ވަޑައިގެން  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގް އަށް ހާޟިރު ނުވާ ފަރާތްތަކަށް ބިޑް ހުށައެޅުއްވުމުގެ ފުރުސަތު ނޯންނާނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ.

މިބިޑް ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓް http://hdc.com.mv/announcements އިން ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

 އަދި އިތުރުމަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ އެޗް.ޑީ.ސީގެ 3355194 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                03 ޖުމާދުލްއާޚިރު 1438

               

02 މާރިޗު 2017
ހޯދާ