މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގައި ނަމާދު ކުރާތަނެއްއެޅުން

އިޢުލާން

މިސްކޫލްގައި ސަންފައުންޑޭޝަންގެ ފަރާތުން އަޅަންފަށާފައިވާ ނަމާދުކުރާތަން ރާނާ ނިމިފައި، އެތަނުގައި ނުނިމި ހުރި މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 1 މާރިޗް 2017ވާ ބުދަ ދުވަހު ހެނދުނު 10:00ގައި ސްކޫލްގައި އޮންނާނެއެވެ. މިބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދިމަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހެއް ފޮނުވާނަމަ، ސިޓީއަކާއި، ބަދަލުގައި އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.                               

 މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރިޗް 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅެއްވުން އެދެމެވެ.

ނޯޓް: މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން  ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިސްކޫލުގެ ނަންބަރު 6500535 ފޯނަށް ގުޅުން އެދެމެވެ.

20 ފެބުރުވަރީ 2017
ހޯދާ