| 
(ހ) ކައުންސިލަށް ލިބޭ ފައިސާ ބަލައިގަނެ ޖަމާކުރުން. (ދުވަހު ފޮތްތައް، ކޮންޕިއުޓަރ ޝީޓްތައް އަޕްޑޭޓްކުރުން) (ށ) އައިޓަމް ބާކީ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތަތްތަކަށް ފޮނުވުން. (ނ) ކައުންސިލަށް ލިބޭ މަޝްރޫޢުތަކުގެ ފީ ނުދައްކާ ލިސްޓް ނަގާ ހަވާލުކުރުން. 2. ކުނީ ޚިދުމަތަށް އެދޭ ފޯމް ބަލައިގަނެ އެގްރީމަންޓްތައްޔާރުކޮށް ހަވާލުކުރުން. 3. ތިޖޫރީ ބާކީ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. 4. ކައުންސިލަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން. 5. ޕާޗެސް އޯޑާހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ އެތަކެތި ބަލައިގަނެ ސްޓޮކަށް އެރުވުން. 6. މައްސަލަ ރިކޯޑް ބެލެހެއްޓުމާއި ފައިލް ކުރުން. 7. ސްޓޮކް ބެލެހެއްޓުން. (ސްޓޮކުން ތަކެތި ދޫކޮށް ޒިންމާދާރު ކަމާއި އެކު ސްޓޮކް ބެލެހެއްޓުން) 8. ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ އެންމެހާ މަސައްކަތްތައް ކުރުން. 9. މީގެ އިތުރުން، އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލުން ހަވާލުކުރާ އެންމެހާ ކަންކަން ކުރުން.   މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.   
ލިބިފައިވާ ތަޢުލީމާއި، ތަމްރީނުލިބިފައިވާ މަސައްކަތު ތަޖުރިބާލިބިފައިވާ ހުނަރު   |