ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ
ދާރުލްއާސާރުގެ ގްރައުންޑް އަދި ފަސްޓް ފްލޯރގައި ހުރި ތަކެތި ޑިސްޕްލޭ ކުރާ ޝޯކޭސްތައް އަމިއްލަ ތަކެތީގައި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން މިޑިޕާޓްމަންޓުން ކުރި ނަންބަރު (IUL)222-AH/INDV/2016/24 (5 މެއި 2016) އިޢުލާނާ ގުޅިގެން މަސައްކަތް ހަވާލުވި ފަރާތުން މަސައްކަތް ދޫކޮށްލުމާއި ގުޅިގެން، އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
| 
 
  | 
 ތަން  | 
 ދުވަސް  | 
 ތާރީޚް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 ޑިޕާޓްމަންޓް އޮފް ހެރިޓޭޖް  | 
 ހޯމަ  | 
 20 ފެބްރުއަރީ 2017  | 
 11:00  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 ޑިޕާޓްމަންޓް އޮފް ހެރިޓޭޖް  | 
 ބުރާސްފަތި  | 
 23 ފެބްރުއަރީ 2017  | 
 11:00  | 
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
18 ޖުމާދުލްޢޫލާ 1438
15 ފެބްރުއަރީ 2017
