|
މަޤާމު:
|
އެސިސްޓަންޓް ޑިރެކްޓަރ
|
|
އޮފީސް:
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަގާމުގެ ކްލެސިފިކޭޝަން: އެސިސްޓަންޓް ޑިރެކްޓަރ
|
މަޤާމްގެ ރޭންކް: MS 3
|
|
މުސާރަ:
|
މަހަކު -/7035 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
މަހަކު -/2000 ރުފިޔާ
|
|
މަސައްކަތް ކުރަން ޖެހޭ ތަން:
|
ޗައިލްޑް ރައިޓްސް ޕްރޮމޯޝަން ސެކްޝަން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
|
ތަޢުލީމާއި ތަޖުރިބާ:
|
- ސޯޝަލް ސައިންސް/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،
ނުވަތަ
- ސޯޝަލް ސައިންސް/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،
ނުވަތަ
- ސޯޝަލް ސައިންސް/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،
ނުވަތަ
- ސޯޝަލް ސައިންސް/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން،
ނުވަތަ
- ސޯޝަލް ސައިންސް/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލް ކޮށްފައިވުން.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ކުޑަކުދިންނާ، ގުޅުން ހުރި ޤާނޫނުތަކާ ބެހޭ ގޮތުން ކަމާ ބެހޭ ހުރިހާ މުޢައްސަސާތަކާއި އާންމުން ހޭލުންތެރި ކަން އިތުރު ކުރުމުގެ ގޮތުން ޕްރޮގްރާމްތައް ރާވާ ބެލެހެއްޓުން.
- ކުޑަކުދިން، ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން ޢާއްމު މުޖުތަމަޢު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވާ ބެލެހެއްޓުން.
- ކުޑަކުދިންނާއި ހައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވާ ބެލެހެއްޓުން.
- ކުޑަކުދިން، ބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އަދި ފައިނޭންޝަލް އެސިސްޓަންސް ހޯދުމަށް ބޭރުގެ ޖަމިޢިއްޔާ ތަކާއެކު މަސައްކަތްކުރުން
- ޑޯނަރ އެޖެންސީތަކާ އެކު މިނިސްޓްރީން އެއްބަސް ވެވޭ ވާރކްޕްލޭންތައް ތަންފީޒްކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
- ކުޑަކުދިންނާ، ގުޅޭގޮތުން ދިވެހި ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާތަކާއި އެއްބަސްވުން ތަންފީޒް ކުރުމުގެ ކަންތައްތައް ހިނގާ ބެލެހެއްޓުން.
- ސާރކް އޭޝިއާ އިނީޝިއެޓިވް ޓު އެންޑް ވައިލަންސް އަގައިންސްޓް ޗިލްޑްރަންގެ ނޭޝަނަލް ކޯރޑިނޭޓަރގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ސެކްޝަން މުވައްޒަފުންގެ ޕަރފޮމަންސް އެޕްރައިޒަލްގެ ފުރިހަމަކުރުން
- މިނިސްޓްރީގެ އަހަރީ ބަޖެޓް އެކުލާވާލުމުގެ މަސައްކަތާއަ، ސެކްޝަން ވާރކްޕްލޭން ތައްޔާރުކުރުން.
- މީގެ އިތުރުންވެސް ޗައިލްޑް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ސެކްޝަން ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުންނާއި، އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމާއި، ރޭންކާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
- ވަޒީފާއެއްގައި އުޅޭނަމަ، އެތަނެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
|
|
ސުންގަޑި:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ފެބުރުއަރީ 01 ވާ ބުދަ ދުވަހުގެ 13:30 އެވެ.
|
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ، 2017 ފެބުރުއަރީމަހާއި މާރިޗުމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، އެކަންކަމަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.
|
|
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:
|
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
- ދިވެހި، އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.
|