|
މަޤާމު:
|
ސޯޝަލް ސަރވިސް އޮފިސަރ
|
|
އޮފީސް:
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމްގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މަޤާމްގެ ރޭންކް: MS1
|
|
މުސާރަ:
|
މަހަކު -/5610 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
މަހަކު -/2000 ރުފިޔާ
|
|
މަސައްކަތް ކުރަން ޖެހޭ ތަން:
|
ޑިސްއެބިލިޓީ ރައިޓްސް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
|
ތަޢުލީމާއި ތަޖުރިބާ:
|
- ސޯޝަލް ސައިންސް، ޑިސްއެބިލިޓީ ސްޓަޑީސް މިއިން ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
- ސޯޝަލް ސައިންސް، ޑިސްއެބިލިޓީ ސްޓަޑީސް މިއިން ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން،
ނުވަތަ
- ސޯޝަލް ސައިންސް، ޑިސްއެބިލިޓީ ސްޓަޑީސް މިއިން ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅުންހުރި މަސައްކަތްތައް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި ސިޔާސަތުތަކާއި ގައިޑްލައިންތަކާ ބެހޭގޮތުން ކަމާބެހޭ ދާއިރާތަކާއި މުޖްތަމަޢު ހޭލުންތެރިކުރުވުން.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިވެރިވުން އިތުރުކުރުމާއި ބާރުވެރިކުރުމަށް އެކި މަޝްރޫޢުތައް ހިންގުމާއި އެފަދަ މަސައްކަތްތަކާ ބެހޭގޮތުން ކަމާބެހޭ ދާއިރާތަކާއި މުޖްތަމަޢު ހޭލުންތެރިކުރުވުން.
- ޤާނޫނު ނަންބަރު 2010/8 ގެ ދަށުން އެކުލަވާލާ ޑިސެބިލިޓީ ކައުންސިލްއަށް ބޭނުންވާ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކައުންސިލްގެ ސެކްރެޓޭރިއަޓު ބެލެހެއްޓުމާއި، ކައުންސިލްގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، ޔައުމިއްޔާ ތައްޔާރުކުރުމާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމަށް މަސައްކަތް ކުރުން.
- ނުކުޅެދުންތެރިކަންހުންނަ މީހުންނާބެހޭ ގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ބާއްވާ މަސައްކަތު ބައްދަލުވުންތަކާއި ތަމްރީން ޕްރޮގްރާމްފަދަ ކަންކަން ރާވައި މަޢުލޫމާތު ކަރުދާހާއި ޕްރެޒެންޓޭޝަން، ލީފްލެޓްސް، ޕޯސްޓަރ ތައްޔާރު ކުރުމުގައި އެހީތެރިވުމާއި ކަމާއިގުޅޭ ރިޕޯޓް ތައްޔާރުކުރުން.
- ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި މިފަދަ ކަންކަމާގުޅޭ ގޮތުން ދާއިރާގެ ކަމާބެހޭ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުވުން.
- ޔުނިސެފް، ޑަބްލިއު.އެޗް.އޯ ފަދަ ފަރާތްތަކާއެކު ވެވޭ އެއްބަސްވުމުގެ ވޯރކްޕްލޭންގެ ދަށުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަނޑައެޅޭ ތާރީޚަށްކުރުން.
- މިނިސްޓްރީގެ މެންޑޭޓްގެ ދަށުން ބައިނަލް އަޤްވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަސްތަކުގައި ރާވާ ހިންގާ ޕްރޮގްރާމްތަކުގައި އެހީތެރިވުން.
- ޑިވިޜަންގެ ވޯރކްޕްލޭނާއި ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
- މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާއާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތަށް މަސައްކަތްކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދުވަހުން ދުވަހަށް އެޅުމާއި ކަމާއިގުޅޭ މަޢުލޫމާތު ޑިވިޜަން ހިންގުމާއި ހަވާލުވެ ހުންނަވާ ބޭފުޅަކަށް ދިނުން.
- ނުކުޅެދުންތެރިކަމާއި ގުޅޭގޮތުން ހެދިފައިހުރި ދިރާސާތަކާގުޅޭ މަޢުލޫމާތު އެއްކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅޭ މަޢުލޫމާތު ނަގައި އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ތަޢާރަފްކޮށްފައިވާ ކާޑުދޫކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ދުވަހުން ދުވަހަށްކުރުން.
- ޑިވިޜަންގެ ޔައުމިއްޔާ ޤަވާޢިދުން ލިޔުމާއި، އެންޓްރީ ބެލެހެއްޓުމާއި، އީ-މެއިލް ޗެކްކޮށް ދުވަހުން ދުވަހަށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުމާއި، ޙަވާލު ކުރެވޭ މަސައްކަތްތަށް ޤަވާޢިދުން ފައިލްކޮށް މިނިސްޓްރީގެ ސަރވާއަށް އަޕްޑޭޓް ކުރުން.
- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުންނާއި، އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމާއި، ރޭންކާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
- ވަޒީފާއެއްގައި އުޅޭނަމަ، އެތަނެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
|
|
ސުންގަޑި:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 31 ވާ އަންގާރަ ދުވަހުގެ 13:30 އެވެ.
|
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު އަދި ޕްރެކްޓިކަލް ޓެސްޓް އޮންނާނީ، 2017 ފެބްރުއަރީ ނުވަތަ މާރިޗު މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، އެކަންކަމަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.
|
|
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:
|
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
- ދިވެހި، އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.
- ސޯޝަލް ސައިންސް/ ޑިސްއެބިލިޓީ ސްޓަޑީސް ދާއިރާގައި މަސައްކަތްކުރައްވާފައިވާ ފަރާތްތައް.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.
|