ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް ޓީޗަރ)

މުވައްޒަފުން ބޭނުންވެއްޖެ

މަޤާމް: ރިލީފް ޓީޗަރ (ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް ޓީޗަރ)            

މަސައްކަތް ހަމަޖެހިފައިވާ ތަން:  ގއ.އަތޮޅުމަދަރުސާ

ބޭނުންވާ އަދަދު:   1                                       

ޝަރުޠު:

 މަޤާމް

ރޭންކް

ކްލަސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ރިލީފް ޓީޗަރ

 

 

- ކިޔަވައިދިނުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ހާސިލުކޮށްފައިވުން.

މަހަކު -/6090 ރުފިޔާ

މަހަކު -/2500 ރުފިޔާ

ރިލީފް ޓީޗަރ

 

 

- މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

މަހަކު -/5500 ރުފިޔާ

މަހަކު -/1500 ރުފިޔާ

ރިލީފް ޓީޗަރ

 

 

- ސާނަވީ ތަޢުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

މަހަކު -/4500 ރުފިޔާ

މަހަކު -/1500 ރުފިޔާ

 

ވަޒީފާގެ މަސްއޫލިއްޔަތު:

- ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- ބެލެނިވެރިންނާއި، ދަރިވަރުންނާއި، ޓީޗަރުންނާއި، ސްކޫލާމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރުން.

- ޤައުމީ މަންހަޖާ އެއްގޮތަށް އުނގަންނައިދިނުމުގެ އެންމެހައި ކަންތައްތައް ރާވައި ހިންގުން.

- ކުދިންގެ ތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

- ކުދިންގެ ކިބައިގައި ދީނީ، އަޚުލާޤީ ސިފަތައް އަށަގެންނެވުން.

- ވަށާޖަހާ ތަޢުލީމަކަށް މަގުފަހިވާނެހެން އިތުރު ހަރަކާތްތައް ރާވައި ހިންގުން.

- ދަރިވަރުންގެ ރެކޯޑުތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުން.

- އިމްތިޙާންތަކުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުން.

- ކިޔަވައިދިނުމާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ރެކޯޑްތައް އެއްކޮށް، އެ ރެކޯޑްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ދަރިވަރުންގެ ފެންވަރު މަތިކުރުމަށް ތަފާތު ޕްރޮގްރާމްތައް ޓީޗަރުންނާއި އެޗް އޯ ޑީން މެދުވެރިކޮށް ރާވައި ހިންގައި ބެލެހެއްޓުން.

- ދަރިވަރުންގެ އަޚުލާޤީ ކަންތައްތައް ރަނގަޅުކުރުމަށް ތަފާތު ހަރަކާތްތައް ރާވައި، ހިންގުމާއި، ދަރިވަރުންގެ އަޚުލާޤީ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކުގައި ފިޔަވަޅު އަޅައި، ރެކޯޑް ބެލެހެއްޓުން.

- ކަނޑައެޅޭ އުސޫލެއްގެމަތިން ކޯޑިނޭޝަން މީޓީންގތައް ބާއްވައި، މުދައްރިސުންގެ މަޝްވަރާއާއެކު ނިންމޭ ކަންތައްތައް ތަންފީޒުކުރުމަށް މަސައްކަތް ކުރުމާއި، ކިޔަވައިދިނުމާ ގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން.

- ސްކޫލުގެ ކޯކަރިކިއުލަރ ހަރަކާތްތައް އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުގެމަތިން ރާވައި ހިންގުމަށް މަސައްކަތްކުރުމާއި، މިކަމާގުޅޭ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން.

- ކޮންމެ ޓާމެއް ނިމުމުން، ބެލެނިވެރިންނަށް ފީޑްބެކް ދިނުމަށް ބޭއްވޭ ބައްދަލުވުންތައް ބޭއްވުމާއި، ފީޑްބެކް ފޯމުތައް ތައްޔާރުކުރުވުމާއި އެތަކެތި ބެލެހެއްޓުން.

- ދަރިވަރުންގެ ރެކޯޑް ފައިލްތައް ގަވާއިދުން ބެލެހެއްޓުމަށް ޓީޗަރުންނާ ހަވާލުކޮށް، އެތަކެތި ގަވާއިދުން ބަލަހައްޓާތޯ ބަލައި ޗެކްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

ހުށަހަޅަން ޖެހޭ ތަކެތި:

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު ގއ.އަތޮޅުމަދަރުސާގެ އޮފީހުން) ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ހިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

- ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

- ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

- ވަޒީފައަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި: މަޤާމުތަކަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2017 ޖަނަވަރީ 17 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ގއ.އަތޮޅުމަދަރުސާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯނު: 7983072  ފެކްސް: 6820037

ނޯޓް: މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ ގއ.އަތޮޅުމަދަރުސާގައެވެ.     

09 ޖަނަވަރީ 2017
ހޯދާ