ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދެބުރި އިމާރާތުގެ ފުރާޅާއި ސީލިންގ މަރާމާތު ކުރުން

އިޢުލާން

ދެބުރި އިމާރާތުގެ ފުރާޅާއި ސީލިން މަރާމާތު ކުރުން

މި މަދަރުސާގެ ދެބުރި ޢިމާރާތުގެ ފުރާޅާއި ސީލިން އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދިނުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން

ގއ. އަތޮޅު މަދަރުސާ

މައުލޫމާތު ސާފުކުރެއްވުން

2017 ޖަނަވަރީ 09 ވާ ހޯމަ ދުވަހުގެ 11.00 ގައި

އަންދާސީހިސާބު ހުށަހެޅުން

2017 ޖަނަވަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގައި

  • މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ހާޒިރުވުން އެދެމެވެ.

  • ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެނައުން އެދެމެވެ.

  •  މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިގަނެވޭ ގޮތަށް ހަމަޖެހިފައެއްނުވެއެވެ.

  • މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރުމަށް ކުންފުންޏަކުން ނުވަތަ ވިޔަފާރިއަކުން މީހަކު ހާޒިރުވާނަމަ، ހާޒިރުވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ވިޔަފާރި ނުވަތަ ކުންފުނީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީ ބަންދޫ ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 7983072 މި ނަންބަރު ފޯނަށެވެ.

09 ޖަނަވަރީ 2017
ހޯދާ