ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.
|
ލޯޔަރ |
މަޤާމު: |
|
(2) ދޭއް |
ބޭނުންވާ އަދަދު: |
|
ފެނަކަ ކޯޕަރޭޝަން ލިމިޓްޑް / ކ.މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
|
މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށާއި މަސައްކަތު ތަޖުރިބާއަށް ބެލެވޭނެ. |
މުސާރައާއި ޢިނާޔަތްތައް: |
|
· ހަމަޖެހިފައިވާ އުސޫލުން ހާޒިރީ އެލަވަންސް ، ނޮންޕްރެކްޓިސް އެލަވަންސް، ސަރވިސް އެލަވަންސް ލިބޭނެ. · އިތުރުގަޑިއާއި، ރަސްމީ ބަންދުދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
އެހެނިހެން ޢިނާޔަތްތައް: |
|
· ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން · އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރެވޭ މީހަކަށްވުން · މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން · ކޮމްޕިއުޓަރުން ކުރަންޖެހޭ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން · ދަށު ކޯޓުތަކުގައި އަދި ހައިކޯޓުތަކުގައި (ހައިކޯޓް އަދި ސުޕްރީމް ކޯޓް) ވަކާލާތުކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައިވުން · ދިވެހި ބަހާއި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެގުން |
ފެންވަރު ނުވަތަ ޝަރުޠު: |
|
· ކުންފުންޏަށް ބޭނުންވާ އެންމެހައި ކަންކަމުގައި ޤާނޫނީ ލަފާދިނުން · އެގްރީމެންޓް ތައްޔާރުކުރުމާއި އެއަށް ބޭނުންވާ ލަފާދިނުން · ކޯޓްތަކާއި، ވާޒީފާއާބެހޭ ޓްރައިބިއުނަލްގައި ކުންފުނީގެ މައްސަލަތަކުގައި ވަކާލާތުކުރުން. |
މައިގަނޑު މަސްއޫލިއްޔަތުތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 09:00 – 15:00 އަށް ލިބެންހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުޠު ހަމަވާ ފަރާތެއް ނެތް ނަމަ މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ, އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސްދުވަސް ހަމަވެފައި ނުވާ ޕޮލިސް ރިޕޯޓު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
· އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތް ތަކާއިއެވެ.
· މަޤާމަށް މުވައްޒަފުންހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307
ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
އީމެއިލް: [email protected]
4 ރަބީޢުލްއާޚިރު 1438
