ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްޓޭޝަނަރީއާއި ފޮތްތައް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލްގެ ސެން ކުލާސްތަކަށް ބޭނުންވާ ސްޓޭޝަނަރީއާއި ފޮތްތައް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)IM/1/2016/42 އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ 11:30 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 5 ވާ ބުރާސްފަތިދުވަހުގެ 11:30 އަށް މި ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. 

27 ޑިސެންބަރު 2016
ހޯދާ