ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 ޑްރައިވަރ  | 
 މަޤާމް:  | 
|||
| 
 އެސް. އެސް. 2  | 
 މަޤާމުގެ ރޭންކް:  | 
|||
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު:  | 
|||
| 
 ޖުވެނައިލް ކޯޓު / މާލެ  | 
 އޮފީސް:  | 
|||
| 
 އިދާރީ ސެކްޝަން  | 
 ސެކްޝަން:  | 
|||
| 
 މަހަކު -/3،470 ރުފިޔާ  | 
 މުސާރަ:  | 
|||
| 
 މަހަކު -/1،000 ރުފިޔާ  | 
 ސަރވިސް އެލަވަންސް:  | 
|||
| 
 - ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ % 40 ލިބޭނެ. - ލިވިން އެލަވަންސްގެގޮތުގައި މަހަކު -/2700 ރުފިޔާ ލިބޭނެ. - ފޯނު އެލަވަންސަށް މަހަކު -/200 ރުފިޔާ ލިބޭނެ. - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.  | 
 
 ޢިނާޔަތްތައް:  | 
|||
| 
 މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު؛ 1. ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، SS1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
 
 މަޤާމުގެ ޝަރުޠު:  | 
|||
| 
 ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ރަސްމީ ބޭނުންތަކުގައި ތަންތަނަށް ގެންގޮސް ގެނެސްދިނުމާއި، އެކިއެކި މައްސަލަތަކުގައި ބަންދުކުރުމަށް ޙުކުމްކުރެވޭ މީހުން ގެންގޮސް ކަމާބެހޭފަރާތަށް ހަވާލުކުރުން.  | 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  | 
|||
| 
 މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ޑްރައިވިންގ ލައިސަންސްގެ ކޮޕީއާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ އެހެން ތަކެއްޗާއެކު، މ. މާތިލައިގައި ހުންނަ މި ކޯޓަށް ފޯމު ހުށަހެޅުން އެދެމެވެ.  | 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
|||
| 
 2017 ޖަނަވަރީ 4 ވަނަ ދުވަހުގެ 14:00  | 
 ސުންގަޑި:  | 
|||
| 
 - ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. - ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ http://www.juvenilecourt.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.  | 
 އިތުރު މަޢުލޫމާތު:  | 
|||
21 ރަބީޢުލްއައްވަލް 1438
