ދިވެހިރާއްޖެ
އިޢުލާން
މަރާމާތު ކުރުމާބެހޭ
މި ސްކޫލުގެ 2017 ވަނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު GS74/2016/22 (22 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް، ބަލައިގެން ދޫކޮށްފައިވާ ނަންބަރު GS74/2016/05 ފޯމުގައި ބައެއް މައްސަލަތައް ހުރުމާއެކު އެ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ސެޝަންތަކުގައި ބައިވެރިވެވަޑައިގެން ދެއްވުން އެދެމެވެ.
| 
 މައުލޫމާތު ސާފުކުރުން  | 
 26 ޑިސެންބަރު 2016 ވާ ހޯމަ ދުވަހު 10:30  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 29 ޑިސެންބަރު 2016 ވާ ބުރާސްފަތިދުވަހު 10:30  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުސަތު ލިބިވަޑައިނުގަންނަވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
