މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ތ.ވިލުފުށީ ޕޮލިސް ސްޓޭޝަނަށް ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުން

އިޢުލާން

ތ.ވިލުފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، ކުށުގެ ތުހުމަތުގައި ފުލުހުުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސަރވިސްގެ H3(PU)/IUL/2016/121-171 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ ޕްރޮޕޯސަލްތައް ބާޠިލުކޮށް މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ 14:00 އަށް ތ.ވިލިފުށި ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 4 ވާ ބުދަދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

22 ޑިސެންބަރު 2016
ހޯދާ