1. ކުންފުނީގެ އިންޓަރނަލް އޮޑިޓްކުރުމަށާއި އެކްސްޓަރނަލް އޮޑިޓްކުރުމަށް ހަޔަރކުރެވިފައިވާ އޮޑިޓް ފާމުން، ކުންފުނި އޮޑިޓްކުރުމުގައި ބޭނުންވާ ހުރިހާ މަޢުލޫމާތެއް، ޔުނިޓް ހެޑާއި ޑިޕާޓްމަންޓް ހެޑްގެ ލަފާގެމަތިން އެފަރާތްތަކަށް ފޯރުކޮށްދިނުން.
2. ކުންފުންޏަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ ހިސާބުތައް ތައްޔާރުކޮށް، ދައްކަންޖެހޭ މުއްދަތުގައި ދެއްކުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކޮށް، ޖީ.އެސް.ޓީ ބަޔާނާއި ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުން ގެންދިއުން.
3. އެކައުންޓްސް ޔުނިޓުން ތައްޔާރުކުރާ ކުންފުނީގެ މާލީ ރިޕޯޓްތައް، ޔުނިޓް ހެޑްގެ މަޝްވަރާގެމަތިން ތައްޔާރުކުރުން.
4. މަހުންމަހަށް ބޭންކުން ކުރެވޭ މުޢާމަލާތްތައް ރިކޮންސައިލްކޮށް، ބޭންކުގެ މުޢާމަލާތްތައް ބެލެހެއްޓުން.
5. އަހަރީ ބަޖެޓް ތަޔާރުކުރުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.
6. ކުންފުނީގެ އެކައުންޓްސް ސޮފްޓްވެއަރ މެއިންޓެއިންކޮށް ބެލެހެއްޓުން.
7. ކުންފުންޏަށް ގަނެވޭ އެސެޓްތަކަށް އެސެޓް ނަންބަރުދީ، އެސެޓް ރަޖިސްޓަރ މެއިންޓެއިންކޮށް ބެލެހެއްޓުން.
8. އެކައުންޓްސް ޔުނިޓުގެ މަސައްކަތްތަކުގައި ޔުނިޓް ހެޑާއި ޑިޕާޓްމަންޓް ހެޑްގެ މަޝްވަރާގެމަތިން މަސައްކަތްކުރުން.
|