ޙާފިޡް އަޙުމަދު ސްކޫލް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
                                އިޢުލާން
ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ:
މި ސްކޫލުގެ މި އަހަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މުއްދަތު 31 ޑިސެންބަރު 2016 ގެ ނިޔަލަށް ހަމަވާތީ، 1 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 ގެ ނިޔަލަށް (1 އަހަރުދުވަހުގެ މުއްދަތަށް) ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ޚިދުމަތްދޭން އެދޭ ފަރާތްތަކުން ތިރީގައި މިދަންނަވާ ސެޝަންތަކުގައި ބައިވެރިވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 10:30  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 10:30  | 
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
             07 ޑިސެންބަރު 2016
            
        
                    ހޯދާ  
                
                