މަޤާމު
|
އެސިސްޓެންޓް ކައުންސެލަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 (ޖީ. އެސް 4)
|
ރޭންކް: GS4
|
މުސާރަ
|
މަހަކު -/5020 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ރިސްކް އެލަވަންސް
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން
|
ސްޕެޝަލް ޑިއުޓީ އެލަވެންސް
|
އަސާސީ މުސާރައިގެ %35
|
ޑިޕާޓްމަންޓް
|
ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ / ކ.ހިންމަފުށި
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކްލައިންޓުންގެ އެސެސްމަންޓް ހެދުން.
- އިންޑިވިޖުއަލް، އަދި ފެމެލީ ކައުންސެލިން ދިނުން.
- ކްލައިންޓު ސެންޓަރުގައި އެޑްމިޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
- ކްލައިންޓާ ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓުން.
- ކްލައިންޓުގެ ޕްރޮގްރެސް މޮނިޓަރކޮށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
- ގްރޫޕް މީޓިންގތައް ބޭއްވުން.
- ކްލައިންޓާއި ޢާއިލާއާ ގުޅުވައިދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ޕްރޮގްރާމް ކޯޑިނޭޓަރ، އަދި ޕިއަރ އެޑިއުކޭޓަރުންނަށް ޕްރޮގްރާމް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން، ސެންޓަރުގެ ޞިއްޙީ ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
|
މަޤާމުގެ ޝަރުޠު
|
- ކައުންސެލިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީވެފައިވާ (ކައުންސެލިންގ ލައިސެންސް އޮތް) ފަރާތެއް ކަމުގައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓު ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ލިޔުން)
- އެސިސްޓެންޓް ކައުންސެލަރ މަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން ހެލްތު މިނިސްޓްރީގެ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ "ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަން" އިން ސަރޓިފައިކުރެވިފައިވާ ލިޔުން ހުށަހަޅަންވާނެއެވެ. މި ލިޔުން ހުށަނާޅުއްވާ ފަރާތްތަކުން އެސިސްޓެންޓް ކައުންސެލަރ މަޤާމަށް ޝަރުޠު ފުރިހަމަނުވާނެއެވެ.
- ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް ވެސް (އެކްރެޓިޑްކޮށްފައި ނުވި ނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެގެން އޮންނަންވާނެއެވެ.
|
ސުންގަޑި
|
2016 ޑިސެންބަރު 21 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަން ވާނެއެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343061 އެވެ. ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މި އެޖެންސީގެ ވެބްސައިޓް www.nda.gov.mv)) އާއި، ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
|