ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓާގުޅޭ

އިޢުލާން

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓާ ގުޅޭ:

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ކުޅިވަރު އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން, ފުވައްމުލަކު މިސްކިތްމަގުގައި ޤާއިމުކުރެވޭ ބާސްކެޓްކޯޓާއި ވޮލީކޯޓުގެ މަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު (IUL)442-CO/442/2016/68 އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތަށް ބަދަލުތަކެއް ގެންނަން ޖެހުމާއެކު، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ވީމާ، ބާސްކެޓްކޯޓާއި ވޮލީކޯޓުގެ މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ އާދީއްތަދުވަހުގެ 13:15 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 18 ވާ އަންގާރަދުވަހުގެ 13:15 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަސްތަކުގައި މިސްކިތްމަގު ކައުންސިލް އިދާރާގެ މީޓިންގރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ ވާހަކަ ދެންނެވީމެވެ.   

7 ރަބީޢުލްއައްވަލް 1438

06 ޑިސެންބަރު 2016
ހޯދާ