މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާން

2017 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށްހިފަން ކުރި އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ތަނުގައި ހުންނަންޖެހޭ ޝަރުޠު:

މަދުވެގެން 2 ކޮޓަރި އެޓޭޗް ފާޚާނާ ހިމެނޭގޮތަށް ސިޓިންގރޫމަކާއި ބަދިގެ / ކާގެއެއް ހުރުމާއެކު، ފަރުނީޗަރާއި ހިފައިގެންގުޅޭ ސާމާނާއި، އެހެނިހެން ފެސިލިޓީޒް ހުރުން.

ވީމާ، މިފަދަ ގެއެއް ކުއްޔަށް ދޫކުރަން އެދޭ ފަރާތްތަކުން 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރުމަށްފަހު، މި ސްކޫލަށް ހުށަހެޅުން އެދެމެވެ. މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ސާފުނުވާ އަންދާސީހިސާބު، އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއެއް ގެންނަން ވާނެއެވެ. މައުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތްތަކުން ކޮންމެފަރާތަކަށްވެސް ބައިވެރިވެވޭނީ ނުވަތަ ނޯޓްކުރެވޭނީ އެންމެ ނަމެކެވެ.

08 ޑިސެންބަރު 2016
ހޯދާ