| މަޤާމު: އެސިސްޓެންޓް ޕާރޗޭސް އޮފިސަރ ގްރޭޑް 3 | 
| މުސާރައާއި އެލަވަންސް: | މަހަކު -/7500 ރުފިޔާ | މަޤާމުގެ ބާވަތް | 01 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް | 
| މަޤާމުގެ ރޭންކް | AS 9 | ބޭނުންވާ ޢަދަދު | 01 | 
| މަސައްކަތް ކުރަންޖެހޭތަން | ޕަބްލިކް ސަރވިސް މީޑިއާ | ޑިޕާޓްމަންޓް | ޕްރޮކިއުމަންޓް | 
| މަޤާމުގެ ޝަރުޠު: | ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
ޕްރޮކިއުމަންޓުން ހޯދާ އެންމެހައި ކޯޓޭޝަންތައް ހޯދުން.ޕަރޗޭސް އޯޑަރ ހެދުން.ކުންފުންޏަށް ގެންނަންޖެހޭ އެންމެހައި މުދާ ގެނައުން.ޑިޕާޓްމަންޓްތަކަށް ހަވާލުކުރަންޖެހޭ މުދާތައް ހަވާލުކުރުން.ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ސްޓޮކުން ތަކެތި ދޫކުރުމާއި، ސްޓޮކުން މަދުވާ ތަކެތި ހުސްނުވާގޮތަށް ބަލައި ތަކެތި ހޯދުން.ކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުން.އިންވެންޓްރީ ނަމްބަރު ޖެހުމަށް ފައިނޭސް ޑިޕާޓްމަންޓަށް ފޮނުވުމާއި އިންވެންޓްރީ ނަންބަރު ޖެހުމުން ތަކެތި ހަވާލުކުރަންޖެހޭ ޑިޕާޓްމަންޓާއި ހަވާލުކުރުން. | 
| އިތުރުގަޑި: | އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | 
| ވަޒީފާ އަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް | 
ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.މީގެ އިތުރުން، މަސައްކަތާ ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީއާއި ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯޕޮލިސް ރިޕޯޓްވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން. | 
| އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން: | 
 އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. | 
| ސުންގަޑި | މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ. | 
| އިތުރު މަޢުލޫމާތު: | މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ. |