ގާދިއްފުށީ ސްކޫލް، ތ. ގާދިއްފުށި
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

އިޢުލާން

ގެއެއް ކުއްޔަށް ހިފުން

މި މަދަރުސާގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ކުރެވުނު މި މަދަރުސާގެ ނަންބަރު 13/2014 އިޢުލާނާ ގުޅިގެން 3 ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.             

2017 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ކުއްޔަށް ހިފަން ބޭނުންވާ ގޭގައި މިދަންނަ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  • 2 ނިދާކޮޓަރި - އެޓޭޗް ފާޚާނާއާއި ފަރުނީޗަރާއެކު (މަދުވެގެން 1 ކޮޓަރީގައި އޭ.ސީ ހުންނަންވާނެއެވެ.)
  • ސިޓިންގރޫމް، ބަދިގެ - ފަރުނީޗަރާއެކު (ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
  • މީހުން ދިރިއުޅޭ ގެއެއްނަމަ، އިލެކްޓްރިކް މީޓަރ ވަކިކުރެވިފައިހުރުން.

ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ގާދިއްފުށީ މަދަރުސާގެ އިދާރާ

 6 ޑިސެންބަރު 2016

އަންގާރަ

13:00

އަންދާސީހިސާބު ހުށަހެޅުން

ގާދިއްފުށީ މަދަރުސާގެ އިދާރާ

 13 ޑިސެންބަރު 2016

އަންގާރަ

13:00

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.  އަންދާސީހިސާބުތައް ކަނޑާނީ، އަންދާސީހިސާބު ހުށަހެޅި ހުރިހާ ބޭފުޅުންގެ ހާޒިރުގައި ކަނޑައެޅިފައިވާ ސުންގަޑީގައެވެ.

01 ޑިސެންބަރު 2016
ހޯދާ