ދިވެހިރާއްޖެ
އިޢުލާން
އެކްޓިވިޓީ ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް 2017 ވަނަ އަހަރު މި ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނީފޯމު ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ކުރިމަތިލައްވަން ބޭނުންވެވަޑައިގަންނަވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ދެންނެވިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ 13:30 ގައި.  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 13:30 ގައި.  | 
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
29 ޞަފަރު 1438
