ދިވެހިރާއްޖެ
އިޢުލާން
މި ކުންފުނީގައި މައިކްރޯސޮފްޓް ޑައިނަމިކްސް އީ.އާރު.ޕީ ސްފްޓްވެއަރ އިންސްޓޯލްކޮށް އިމްޕްލިމަންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކުންފުނީގެ ނަންބަރު: FNK-K (T)/FNK/IUL/2016/107(22 ސެޕްޓެންބަރު 2016) އިޢުލާނުން ހުޅުވާލި ފުރުސަތަށް ވަނީ އެކަށީގެންވާ ތަރުޙީބެއް ނުލިބިފައެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިލައްވާ ފާރާތްތަކަށް އެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތާ ގުޅުންހުރި ބިޑިންގް ޑޮކިއުމަންޓް މި ކުންފުނީގެ ވެބްސައިޓް www.fenaka.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި މަސައްކަތާ ގުޅުންހުރި މަޢުލޫމާތު ސެޝަން އޮންނާނީ 2016 ޑިސެންބަރު 01 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާ ކުރާ މާލަމުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ޑިސެންބަރު 08 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ގައި މި މަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ނަމަވެސް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލާމަތަށްޓަކައި ދެންނެވީމެވެ.
28 ޞަފަރު 1438
